މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މުލީ ރީޖަނަލް ހޮސްޕިޓަލުންކަނޑައަޅާ ސަރަހައްދުތަކެއް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 މިހޮސްޕިޓަލުން ކަނޑައަޅާ ސަރަޙައްދުތަކެއް  ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)MRH/MRH/2026/10 (23 މާރިޗް 2026) އިޢުލާންގެ ބިޑްހުށަހެޅިފަރާތްތަކުގެ ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.                                                                                   

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 23 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ  13:00 އަށް މުލީ ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެސް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން: 20 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭސަން ސީޓް ފުރިމހަމަރުމަށްފަހު އީމެއިލްކޮށް ނުވަތަ މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ރެޖިސްޓްރޭސަން ފޯމް ހުށަހަޅުއްވައިގެންނެވެ.

ޕްރީ ބިޑްމީޓިން: 20 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި

ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭމައުލޫމާތުސީޓާއި އެހެނިހެން ޑޮކިއުމަންޓްސްތައް ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6720633 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ

ރެޖިސްޓްރޭޝަން ފޯރމް މެއިލް ކުރުމަށް:[email protected]

14 އޭޕްރިލް 2026
ހޯދާ