ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމް: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/6,185 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1- ޕީޖީ ބިއުރޯއަށް އަންނަ ސިޓީތަކާއި އީ-މެއިލްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން.
2- ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި އެހެނިހެން ބައްދަލްވުންތަކާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަންނަ ދަޢުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.
3- އަހަރީ ރިޕޯޓަށް ބިއުރޯއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
4- ޕީޖީ ބިއުރޯއަށް އަންނަ ލިޔެކިޔުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.
5- އޮފީހުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުތާއި، އޮފީހުން މީޑިއާއާ ޙިއްޞާކުރުމަށް ބޭނުންވާ މަޢުލޫމާތު މި އޮފީހުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ލިޔެ، އެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
6- ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ ޙާލަތްތަކުގައި މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާ އިންޓަރވިއުތަކުގައި ބައިވެރިވުން.
7- އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިއާއާ ޙިއްޞާކުރުން.
8- ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދާއެކު މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުން.
9- އޮފީހުން ބާއްވާ އިވެންޓުތަކާއި، އޮފީހުގެ އެހެނިހެން ހަރަކާތްތަކާއި، މީޓިންގތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވާ ބައްދަލުވުންތަކުގެ ވިޝުއަލް ކޮންޓެންޓު (ފޮޓޯ، ވީޑިއޯ) ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިޢުކޮށް، އާރކައިވްކުރުން.
10- މި އޮފީހުން ބާއްވާ އިވެންޓްތަކުގެ ޚަބަރު ލިޔެ ޕޯސްޓުކުރުމާއި، ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
11- މި އޮފީހުގެ ސޯޝަލް މީޑިއާ (ޔޫޓިއުބް، ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމާއި، މި ކަންކަމުގައި ލަފާދިނުން.
12- ޕްރޮސިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދުގެ ދަށުން މި އޮފީހުން ނެރޭ ނޫސްބަޔާންތައް ޑްރާފްޓު ކުރުން.
13- މި އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާއަށް ދަޢުވަތު ދިނުމާއި، އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި، މަޢުލޫމާތު އެއްކޮށް، ފޯރުކޮށްދިނުން.
14- މި އޮފީހުން މީޑިއަށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މީޑިއާއިން މި އޮފީހުން ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
15- މީގެ އިތުރުންވެސް އިސްވެ ދެންނެވުނު މަސްޢޫލިއްޔަތުތަކާ ގުޅުންހުރި، މި އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
ފެންވަރު ނުވަތަ ޝަރުޠު:
1. ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 22 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 އޭޕްރިލް 2026 – 23 މެއި 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
26 ޝައްވާލް 1447
14 އޭޕްރިލް 2026
