މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ސީނިއަރ އިންވެސްޓްމަންޓް ލައިސަންސިން އެންޑް ކޮމްޕްލަޔަންސް އޮފިސަރ،ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

 

 

މަގާމް:

ސީނިއަރ އިންވެސްޓްމަންޓް ލައިސަންސިން އެންޑް ކޮމްޕްލަޔަންސް އޮފިސަރ

މަޤާމް ނަމްބަރު:

J-445559

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންވެސްޓަރ ސަރވިސަސް ޔުނިޓް، އިންވެސްޓް މޯލްޑިވްސް

މުސާރަ:

-/9,845 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/4,595 ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް 125/- ރުފިޔާ

އެހެނިހެން އެލެވަންސް:

1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމަށާއި، ރާއްޖޭގައި ދިވެހީންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް(އެޕްރައިޒްކޮށް)، އެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަދިނުން (ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް، ފޮރިން އިންވެސްޓްމަންޓް ލައިސަންސް، އަދި ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓް ތައްޔާރުކުރުން)ކުންފުނީގެ ރައުސްމާލު ބަދަލުކުރުމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ޗެކްކޮށް ކަނޑައެޅިފައިވާ ވަގުތަށް ނިންމައި ޕޯޓަލް އަޕްޑޭޓްކުރުން.
  2. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމަށް ކަނޑައަޅައި އިސްކަންދީފައިވާ ތަރުތީބުން އެ ދާއިރާތައް ރާއްޖޭގެ އިންވެސްޓަރުންނާއި ރާއްޖޭއިން ބޭރުގެ އިންވެސްޓަރުންނަށް ޕްރޮމޯޓްކުރުމަށް އެހީތެރިވެދިނުން.
  3. ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށްޓަކައި ޤައުމުތަކުގެ ސަރުކާރުތަކާއި ސަރަޙައްދީ އަދި މަލްޓިލެޓެރަލް އިދާރާތަކާއި ޖަމާޢަތްތަކާއެކުގައި ޙަރަކާތްތައް ހިންގުމަށް އެހީތެރިވެދިނުން.
  4. ސަރުކާރުން ރާވައި ހިންގަން ކަނޑައަޅާ ބޮޑެތި މަޝްރޫޢުތަކުގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓުކުރުމުގެ މަސައްކަތްތައް ކުރުން.
  5. ރާއްޖެ އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ބައިވެރިވާ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތަކުގައި ބައިވެރިވުމާގުޅިގެން ކުރަންޖެހޭ އިދާރީ މަސަތްކަތްތައް ކުރުން.
  6. އިންވެސްޓްމަންޓް ޕްރޮމޯޝަންގެ ދާއިރާއިން ބޭއްވޭ އެކިއެކި ކަންތައްތައް ރާވައި ހިންގުމަށް އެހީތެރިވެދިނުން.
  7. އިންވެސްޓްމަންޓާއި ގުޅޭގޮތުން ތައްޔާރުކުރަން ޖެހޭ ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކޮށް ހުށަހަޅައިދިނުން.
  8. ދިވެހިރާއްޖެ އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ރައްޖޭއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކި އެކި ފޯރަމްތަކުގައި ގައި ބައިވެރިވުން.
  9. ރާއްޖޭގެ އެކި މިނިސްޓްރީތަކުން/އޮފީސްތަކުން ފޮރިން އިންވެސްޓްމަންޓާއި ބެހޭގޮތުން ބާއްވާ ސެމިނަރ/ވާރކް ޝޮޕް/މީޓިން ތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.
  10. އިންވެސްޓްމަންޓާއި ގުޅޭ ބޭރުގެ ވަފުދުތަކާއި ވަފުދުތަކުގެ ބައްދަލުވުންތައް، އެހެން މުއައްސަސާތަކާއިއެކު ކޯޑިނޭޓްކޮށްގެން ހަމަޖެއްސުން، މަޢުލޫމާތު ބެލެހެއްޓުން.
  11. ފޮރިން އިންވެސްޓްމަންޓާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް އެދި ޒިޔާރަތްކުރާ ފަރާތްތަކާ ބައްދަލުކޮށް، މަޢުލޫމާތު ދިނުން.
  12. ޔުނިޓްގެ މަސައްކަތްތަކާއި ބެހޭގޮތުން އެކި މިނިސްޓްރީތަކުން/އޮފީސްތަކުން ފޮނުވާ ސިޓީ/އީމެއިލް ތަކަށް، ސުޕަވައިޒަރުގެ ލަފަޔާއެކު ޖަވާބު ދިނުން.
  13. ރަޖިސްޓަރ ކުރެވިފައިވާ ބޭރުގެ ވިޔަފާރިތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ފޮރިން އިންވެސްޓްމަންޓް ޑޭޓާ/ސްޓެޓިސްޓިކްސް އަޕްޑޭޓް ކުރުން.
  14. އިންވެސްޓް މޯލްޑިވްސް އޮފީހުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ފުރުހަމަކުރުމަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • އެޕްލައިޑް އިކޮނޮމިކްސް 
  • ބިޒްނަސް 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އިކޮނޮމިކްސް 
  • ބިޒްނަސް ލޯ 
  • ބިޒްނަސް މެނޭޖްމަންޓް 
  • ކެޕިޓަލް މާރކެޓްސް 
  • ކޮމާރސް 
  • ކޮމަރޝަލް ލޯ 
  • ކޯޕަރޭޓް ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް 
  • ޑިވެލޮޕްމެންޓަލް އިކޮނޮމިކްސް 
  • އިކޮނޮމިކްސް 
  • އިކޮނޮމިކްސް އެންޑް ބިޒްނަސް 
  • އިކޮނޮމިކްސް އެންޑް ކޮމާރސް 
  • އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް 
  • އިކޮނޮމިކްސް އެންޑް ފައިނޭންސް 
  • އިކޮނޮމިކްސް އެންޑް އިންވެސްޓްމަންޓް 
  • އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް 
  • ފައިނޭންސް 
  • ފައިނޭންސް އެންޑް އެކައުންޓިންގ 
  • ފައިނޭންސް އެންޑް އިންވެސްޓްމަންޓް 
  • ފައިނޭންސް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް 
  • ފައިނޭންޝަލް ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް 
  • ފައިނޭންޝަލް އިކޮނޮމިކްސް 
  • ފައިނޭންޝަލް މާކެޓްސް 
  • ފޮރިން ޓްރޭޑް އެންޑް އިންޓަރނޭޝަނަލް މާކެޓިންގ 
  • އިންޓަރނޭޝަނަލް އެފެއާޒް 
  • އިންޓަނޭޝަނަލް ބިޒްނަސް 
  • އިންޓަރނޭޝަނަލް ބިޒްނަސް މެނޭޖްމަންޓް 
  • އިންޓަރނޭޝަނަލް ކޮމާރސް 
  • އިންޓަރނޭޝަނަލް އިކޮނޮމިކްސް 
  • އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ޓްރޭޑް 
  • އިންޓަރނޭޝަނަލް ފައިނޭންސް 
  • އިންޓަރނޭޝަނަލް މެނޭޖްމަންޓް 
  • އިންޓަނޭޝަނަލް ޓްރޭޑް 
  • އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ފައިނޭންސް 
  • އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އިންވެސްޓްމެންޓްސް 
  • އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ލޮޖިސްޓިކްސް 
  • އިންވެސްޓްމަންޓް 
  • އިންވެސްޓްމަންޓް އެނަލިސިސް 
  • އިންވެސްޓްމަންޓް މެނޭޖްމަންޓް 
  • ޕަބްލިކް އިކޮނޮމިކްސް 

 

މަސައްކަތުގެ ދާއިރާ:

  • ވިޔަފާރިއާއި އިންވެސްޓްމަންޓްއާ ގުޅުންހުރި އުސޫލުތަކާއި ސްޓްރެޓިޖީތައް އެކުލަވާލުމާއި، ތަންފީޒުކުރުމާއި، މުއާމަލާތްކުރުމުގައި އެހީތެރިވެ ދިނުމާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 2026 ވަނަ އަހަރުގެ  އެޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

 

14 އޭޕްރިލް 2026
ހޯދާ