ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓީ20 ޗެމްޕިޔަންޝިޕް 2026

މި ބޯޑުން 2026 ވަނަ އަހަރަށް ކަލަންޑަރ ކޮށްފައިވާ ޓީ20 ޗެމްޕިޔަންޝިޕް 2026 ވަނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހު ފަށާގޮތަށް ތާވަލްކުރެވިފައެވެ.

މި މުބާރާތުގައި 2025 ވަނަ އަހަރު ޕްރީމިޔަރ ލީގުގައި ކުޅެފައިވާ  23 އަހަރުން މަތީގެ އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭނެއެވެ.

ވީމާ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް، ޖަމިއްޔާ އަދި އެކަޑަމީ ތަކުން ޗެންޕިޔަންޝިޕްގައި ބައިވެރިވާން ބޭނުންވާނަމަ 7 މޭ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލްއިން އަންގަވާދެއްވުން އެދެމެވެ.

މުބާރާތުގައި ޓީމުތައް ބައިވެރިކުރުމުގައި އިސްކަންދެވޭނީ މި ބޯޑުގެ މެންބަރުންނަށެވެ.

 އީމެއިލް  [email protected] 

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7535911 ނަންބަރަށް ގުޅެއްވުން އެދެމެވެ. 

13 އޭޕްރިލް 2026
ހޯދާ