ކޮޅުމަޑުލު ކިނބިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

އިޢުލާނު

މަޤާމު:

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓެންޓުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. ކިނބިދޫ މެޖިސްޓްރޭޓް ކޯޓް

މުސާރަ:

 -/8،520 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/2،560 ރުފިޔާ
  • ހާޞިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/70 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/120 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ރެކޯޑް، (މުވައްޒަފުންގެ ޗުއްޓީ އާއި، ސަލާމުގެ ރެކޯޑްތަކާއިއެކު) "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު" އާއި، އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  2. ކޯޓަށް އަންނަ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތައް ޙަވާލުކުރުން.
  3. ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، އެވަގުތަކު ކޯޓުގެ އިދާރީ ކަންކަން ހިންގުމާއި ޙަވާލުވެ ހުންނެވި އެންމެ އިސް މުވައްޒަފެއްގެ ލަފާގެމަތިން ފުރިހަމަކުރުން.
  4. ކޯޓުގައި ހިންގާ ޝަރީޢަތްތަކާ ގުޅިގެންނާއި، އިދާރީ ކަންކަމާ ގުޅޭގޮތުން އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ފަދަ ތަކެތި ވެރިން އަންގަވާގޮތެއްގެމަތިން ލިޔެ ފޮނުވުން.
  5. ކޯޓަށް ހުށަހެޅޭ ޤަޟިއްޔާތަކާގުޅިގެން މެޖިސްޓްރޭޓުން އަންގަވާގޮތެއްގެ މަތިން މައްސަލަތައް ޝެޑިއުލްކުރުމާއި، ކޯޓަށް ހާޟިރުކުރުވަންޖެހޭ ފަރާތްތައް ހާޟިރު ކުރުމަށްޓަކައި ކޯޓު އަމުރު ތައްޔާރުކޮށް އަމުރު ރައްދުކުރުމަށް ހަވާލުކުރުމާއި، ޝަރީޢަތްތަކަށް ހާޟިރުވާ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ޝަރީޢަތުގެ މަޖިލީހުގެ އިންތިޒާމްތައް ބެލެހެއްޓުމާއި، ގަޟިއްޔާތަކާގުޅިގެން ލިޔަންޖެހޭ ބަޔާންތަކާއި، އޯޑިއޯ ރެކޯޑިންގގެ ޓްރާންސްކްރިޕްޓްތައް ޓައިޕްކުރުމާއި، މައްސަލައިގެ ފައިލް ބެލެހެއްޓުން.
  6. އިދާރީ ކަންތައްތަކާއި ގުޅިގެން އެކި ފަރާތްތަކުން އަންނަ ސިޓީ، މެސެޖްފަދަ ލިޔުންތައް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ލިޔެ، އެ ފަރާތްތަކަށް ފޮނުވުމާއި، އަދި އަނގަބަހުން ޖަވާބުދާރީވާން ޖެހިއްޖެކަމެއްގައި އެގޮތުގެ މަތިން ޖަވާބުދާރީވުން.
  7. މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތައް ފޮނުވުން.
  8. ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ކޯޓުގެ އިންވެންޓްރީ އާއި ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  10. ކޯޓަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތާ ބެހޭ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހޯދުން.
  11. ކޯޓުން އެކި ފަރާތްތަކަށް ޙަވާކުރަންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޙަވާކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  12. އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަން ޖެހޭ ފަރާތައް ފޮނުވުން.
  13. ފައިސާއާއި ބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  14. ކޯޓުގެ އެކައުންޓް ބެލެހެއްޓުން.
  15. ކޯޓުގެ ތިޖޫރީ ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން.
  16. ކޯޓުން ނީލަންކިޔަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ނީލަން ކިޔުމުގެ ކަންތައް ކުރުން.
  17. އިދާރީ ލިޔުންތައް މައްސަލަ ނިމުމުން ޤަވާއިދުން ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  18. މުވައްޒަފުންގެ ރަޖިސްޓްރީއާއި، މަޤާމުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެހެލެއްޓުން.
  19. ކޯޓުން މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތްތައް، ޤަވައިދުގެ ތެރެއިން ކުރުން.
  20. މައްސަލަތަކާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވާ ސިޓީތަކާއި، ލިޔުންތަކުގެ ޖަވަބުހޯދުމާއެކު އެކަންކަމުގެ މަޢުލޫމާތުތައް، އެވަގުތަކު ކޯޓު ހިންގުމާޙަވާލުވެހުންނެވި ވެރިޔަކު ދެމުން ގެންދިޔުން.
  21. ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް އަޕްޑޭޓްކޮށް ބެހެއްޓުމާއިއެކު ކުށުގެ އަދި ދަރަނީގެ ރެކޯޑު ސާފްކުރުމަށް އަންނަ މެސެޖްތަކަށް ޖަވާބުދިނުން.
  22. އެކި ގޮތްގޮތުން ފައިސާ ދައްކަންޖެހޭ (ދަރަނި، ޖޫރިމަނާ، ފޯމްފީ ފަދަ) ފަރާތްތަކުގެ މަޢުލޫމާތު ފައިނޭންސް އެޕްއަށް ގަވައިދުން އަޕްޑޭޓް ކުރަމުން ގެންދިޔުން.
  23. ބަނޑޭރިޕޭއިން ދައްކާ ޑިޕޮޒިޓް ފައިސާއާއި، ކޯޓުގެ އެކައުންޓަށް ވަންނަ ފައިސާތަކަށް ރަސީދު ހެދުން
  24. ކޯޓަށް ހުށަހެޅޭ މައްސަލަތައް ކޯޓް މެނޭޖްމަންޓް ސޮފްޓްވެއަރ އަށް އެންޓްރީކުރުން.
  25. ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަދި ކޯޓް އޮފިސަރުން ޗުއްޓީ ނަގާ ހާލަތުގައި އެމުވައްޒަފުގެ މަސައްކަތްކުރުން.
  26. ކޯޓުގެ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުން.
  27. ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކޯޓު ހުޅުވާ ލެއްޕުން.
  28. މީގެ އިތުރުންވެސް ޤާނޫނާ ޤަވާއިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެއްމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1-      ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

2-      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު

ޝަރީޢާ އެންޑް ލޯ ދާއިރާ / އެޑްމިނިސްޓްރޭޝަން ދާއިރާ / މެނޭޖްމަންޓް ދާއިރާ / ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢާ އެންޑް ލޯ ދާއިރާ / އެޑްމިނިސްޓްރޭޝަން ދާއިރާ / މެނޭޖްމަންޓް ދާއިރާ / ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން އަދި މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)           
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ކޮންޕީޓަންސީ ދާއިރާ

މާރކްސް

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

 އިންޓަރވިއު

35

 ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6780644 އަށެވެ.
  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރީލް 2026 ގެ 14:00 ގެ ކުރިން ތ. ކިނބިދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނީ 03 މޭ 2026 ން 15 މޭ 2026 އަށް މިމުއްދަތުގެ ތެރޭގައި ތ. ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  • އިންޓަވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780644 އަށެވެ.
  • އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.

13 އޭޕްރިލް 2026
ހޯދާ