ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޢާންމު މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) ހިންގާ ކޮމިޓިގެ ޢާންމު މެންބަރުގެ މަޤާމު ވަނީ 06 އެޕރީލް 2026 ގައި ހުސްވެފަ އެވެ.

ވީމާ، އެސް-އޯ މޯލްޑިސްގެ މެންބަރުންގެ ތެރެއިން މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއަކުން އެކަން އެންގުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނީ [email protected] އަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ އެންމެފަހު ވަގުތަކީ 2026 އެޕްރީލް 20 ވާ ހޯމަ ދުވަހު 14:00 ގެ ކުރިންނެވެ.

 މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްސްގެ ނަންބަރު 7939944 އާ ގުޅުއްވުން އެދެމެވެ.

25 ޝައްވާލު 1447

13 އޭޕްރިލް 2026
ހޯދާ