އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ސްކޫލް
ދިވެހިރާއްޖެ
ބާވެފައިވާ ތަކެތި ނީލަން ކިޔުން

1004/IUL-2026/05: ނަންބަރު

 

ބާވެފައިވާ ތަކެތި ނީލަން ކިޔުން

 

   

މިސްކޫލްގައި ބާވެ ހަލާކުވެފައިވާ ހުރި ބައެއް ތަކެތި ނީލަންކިއުން 22 އޭޕްރީލް 2026 ވާ ބުދަ  ދުވަހުގެ 13:00ގައި ސްކޫލްގެ އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

       ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން،22 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 13:00 އަށް ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަން ކިޔާތަކެތީގެ ލިސްޓާއި، ނީލަންފެށޭ އަގުތަށް ތިރީގައިއެވަނީއެވެ.

 ފަހަރަކު މަދުވެގެން އިތުރު ކުރެވޭ ޢަދަދު

ނީލަން ފެށޭއަގު

ތަކެތީގެ ބާވަތް

ޢަދަދު

-/5ރ

ދޮރު ސެޓެއް -/63ރ

އެލްމެނިއަމް ދޮރުސެޓް

18

-/5ރ

ޓިނުގަނޑެއް -/36ރ

ގަނޑު މަގުފުޅާ ޓިނު

48

-/5ރ

ކިންބެއް -/40ރ

ކިނބި

15

        ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  މެދުވެރިކޮށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 1 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ. ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބޮޑުފޮޅުދޫ ސްކޫލް

އއ.ބޮޑުފޮޅުދޫ

ފޯން: 6660841

އީ-މެއިލް: [email protected]

13 އޭޕްރިލް 2026
ހޯދާ