ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯޑިނޭޓަރ - އުނގޫފާރު އައުޓްރީޗް ކެމްޕަސް / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މަޤާމު: 

ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އުނގޫފާރު އައުޓްރީޗް ކެމްޕަސް

މަޤާމުގެ ރޭންކް:

7

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 14,599.00 ރުފިޔާ

ޖޮބް އެލަވަންސް:

6,813.00 ރުފިޔާ

ހާޒިރީ އިނާޔަތް:

184 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް     

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 1 އަހަރު ދުވަސް ( މަސައްކަތުގެ ފެންވަރަށް ބަލާ އިތުރު 1 އަހަރަށް މުއްދަތު އިތުރުކުރެވޭނެއެވެ)

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: ހުޅުވާލެވިފައި (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ޕްރިފަރޑް ޑިސިޕްލިންތައް: ހުޅުވާލެވިފައި (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

ކޯ ޑިސިޕްލިންތައް: ހުޅުވާލެވިފައި (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

 

ލީޑަރޝިޕްއާއި އިދާރީ ހިންގުން

  1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އޮޕަރޭޝަން ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި، އެކަންކަން ތަންފީޒް ކުރުމުގައި އެހީތެރިކަން ދިނުން.
  2. ކެމްޕަސްގެ މަޤްޞަދުތަކާއި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ފަދަ ހަރުދަނާ މެނޭޖްމަންޓް ނިޒާމެއް ގާއިމުކޮށް، ނަތީޖާ ނެރެވޭނެ ގޮތަކަށް ކަންކަން ރާވައި ހިންގުން.
  3. ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމާއި، ގަވާއިދުތަކާއި ވާޖިބުތަކަށް އިހުތިރާމްކުރުމުގެ ސަގާފަތެއް އަށަގަންނަވައި، ސިޔާސަތުތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއެކު މުވައްޒަފުން އެކަންކަމަށް އަހުލުވެރިކުރުވުން.
  4. ސަރުކާރާއި މަރުކަޒީ އިދާރާއިން އަދި ޔުނިވަރސިޓީގެ އެހެނިހެން މަރުކަޒުތަކުނާއި އަމިއްލަ ފަރާތްތަކުން އެދޭ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސުންގަޑިއަށް ތައްޔާރުކުރުވާ ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
  5. ކެމްޕަސްގެ ޢުމްރާނީ ތަރައްޤީއާއި މަރާމާތާއި ގުޅޭ ކަންކަން އިސްނަގާ ރޭވުމާއި ކަނޑައެޅިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހިންގާ ބެލެހެއްޓުން.
  6. ކެމްޕަސްގެ  މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  7. ކެމްޕަސްގައި ހިންގާ ޕްރޮގްރާމްތައް މޮނިޓަރކޮށް ބެލެހެއްޓުން
  8. ކެމްޕަސްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒު ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
  9. ކެމްޕަސްގެ ދުވަހީ ޙަރަކާތްތައް ހިންގުމަށް ފަސޭހަ އަދި ފުރިހަމަ އިދާރީ އޮނިގަނޑެއް ހަމަޖެއްސުން.
  10. އެކިކަންކަމާ ގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރާއި މަރުކަޒީ އިދާރާއާއި ޔުނިވަރސިޓީގެ އެހެނިހެން މަރުކަޒުތަކުން އެދޭ ރިޕޯޓްތައް ވަޤުތަށް ތައްޔާރު ކުރުން.

މުޢާމަލާތްތަކާއި ގުޅުންތައް

1.  ކެމްޕަހުގައި ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދީ، މާކެޓްކޮށް، ޕަބްލިސައިޒް ކުރުން.

2.  ބޭރުގެ އޭޖެންސީތަކާއި އޮފީސް ތަކާއި ޖަމާޢަތްތަކާއި ޢާންމު ފަރާތްތަކަށް ކެމްޕަސް ތަމްސީލު ކުރުން.

މުވައްޒަފުންނާއި ވަސީލަތްތައް

  1. ތަނުގެ މުވައްޒަފުން ކުރިއެރުވުމަށާއި، އެއްބައިވަންތަކަން އަދި ޓީމް ރޫޙު އާލާކޮށް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  2. މުވައްޒަފުން ވަޒީފާއަށް އައްޔަންކުރުމާއި، ވަޒީފާގައި ދެމެހެއްޓުމާއި، މަސައްކަތު ފެންވަރު ބެލުމުގެ އިތުރުން، އިދާރީ ގޮތުން ނިންމަންޖެހޭ އެންމެހައި ކަންކަމުގައި ލަފަޔާއި އިރުޝާދު ދިނުން
  3. ކެމްޕަހުގައި ކިޔަވައިދެއްވާ ދާއިމީ އަދި ޕާޓް-ޓަައިމް ލެކްޗަރަރުންގެ ސަލާމާއި ޗުއްޓީ އާއި ހާޒިރީ އެ ފެކަލްޓީ އަކުން ހަމަޖައްސާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން އަދި އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތްތައް ކަނޑައެޅިފައިވާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ހިނގާތޯ ބެލުމާއި ކަމާބެހޭ ފެކަލްޓީތަކަށް ރިޕޯޓުކުރުން.
  5. ކެމްޕަހާ ގުޅިގެން ދަރިވަރުން ހުށަހަޅާ މައްސަލަތައް ހައްލުކުރުމާއި ކިޔަވައިދިނުމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ފެކަލްޓީ/ކަމާ ބެހޭ ޑިޕާޓްމަންޓް  އާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  6. މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް ދެނެގަނެ، ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރެއިން ހޯދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  7. ކަނޑައެޅިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަނުގެ ހަރުމުދަލުގެ އިންވެންޓަރީ  އާއި ސްޓޮކް ބެލެހެއްޓުން. 
  8. ކެމްޕަސްގެ އުމްރާނީ ވަސީލަތްތަކާއި ކިލާސްރޫމްތަކާއި އެހެނިހެން ޖާގަތައް ގަވާއިދުން މަރާމާތުކޮށް ބަލަހައްޓައި އެތަންތަނުގެ ފުރިހަމަ ބޭނުން ކުރެވޭކަން ކަށަވަރުކުރުމާއި އަދި އައު ޖާގަތައް ޕްލޭންކޮށް ހޯދާ ހަމަޖެއްސުމުގައި އެހީތެރިވުން.
  9. ޔުނިވަރސިޓީގެ ދަނާލުތަކުގެ ހާލަތު ބަލައި، ދިމާވާ މައްސަލަތައް ހައްލުކުރުމާއި ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކޮށް ތަންފީޒުކުރުން.
  10. ލައިބްރަރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލައިބްރަރީގައި އިދާރީ ގޮތުންކުރްނަޖެހޭ މަސައްކަތްތައް ސުޕަވައިޒްކުރުން
  11. އުނގެނުމާއި އުނގަންނައިދިނުމަށް ޤާއިމްކުރެވިފައިވާ ލެބޯޓްރީ، ވޯރކްޝޮޕް ފަދަ ތަންތަން ބޭނުންކުރެވޭނެ ހާލަތެއްގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

ތަޢުލީމީ ޙަރަކާތްތައް

1.  ކެމްޕަހުން ދަރިވަރުންނަށްދޭ އެކަޑެމިކް އެހީ އާބެހޭ ޕްރޮގްރާމް، ސްޓޫޑަންޓް ސަޕޯޓް އާ ގުޅިގެން ތަރައްޤީކޮށް، ހިންގާ ޕްރޮމޯޓް ކުރުން.

2.  ކޯސްތަކަށް ބޭނުންވާ ލެކްޗަރަރުން ހޯދުމުގައާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގެ އިތުރުން އިމްތިހާނުތައް ހިންގުމުގައި އެހީތެރިވުން.

3.  ދަރިވަރުންނާއި މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަމުންދާ ތަންތަނުގައި، އެ ރެކޯޑުތައް ހުރީ ހަމައަށްތޯއާއި ޞައްޙަކަން ކަށަވަރުކުރުން.

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

  1. ހަވާލުކުރެވޭ މާއްދާތައް ކަނޑައެޅިފައިވާ ޑެލިވަރީ މޯޑާ އެއްގޮތަށް ކިޔަވައިދިނުން.

* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ. އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

15

އިންޓަރވިއު

50

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

22 އޭޕްރިލް 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR2026-57

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 28 އޭޕްރިލް 2026 އާއި 30 މެއި 2026 އާ ދެމެދުއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

  • އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން  5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް [email protected] އަށެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަމްބަރު ފޯނަށެވެ.
12 އޭޕްރިލް 2026
ހޯދާ