މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ

މިއެސޯސިއޭޝަންގެ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 23 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމް (ހ.ބޯޅަގެ، 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާ ތަކުން 2 ބޭފުޅެއްގެ ނަން (ވޯޓު ލާންޖެހިއްޖެ ހާލަތެއްގައި ވޯޓުލާނެ ފަރާތް އެނގޭނޭގޮތައް) ބަޔާންކޮށް 21 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި އަހަރީ އާންމު ޖަލްސާއަށް މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް/ޖަމްޢިއްޔާތަކުން ހުށަހަޅަން ބޭނުންވާ ކަމެއް ވާނަމަ އެކަން ލިޔުމަކުން 16 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެއްޅުއްވުން އެދެމެވެ.

 

ޖަލްސާގެ އެޖެންޑާ؛

  1. ޖަލްސާ ތަޢާރަފް ކުރުން / ރޯލް ކޯލް
  2. ޖަލްސާގެ އެޖެންޑާ ފާސްކުރުން
  3. 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  4. 2025 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް އިއްވުމާއި ފާސްކުރުން
  5. 2025 ވަނަ އަހަރުގެ މާލީ ރިޕޯރޓް އިއްވުމާއި ފާސްކުރުން
  6. 2026 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން
  7. އެމް.ބީ.އޭ ގެ އޮޑިޓަރ އަކަށް ހުންނާނެ ފަރާތެއް ފާސްކުރުން
  8. މެންބަރުން ހުށައަޅާފައިވާ މައްސަލަ
  9. ހިންގާ ކޮމިޓީއިން ހުށައަޅާފައިވާ މައްސަލަ
  10. އެހެނިހެން
10 އޭޕްރިލް 2026
ހޯދާ