މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މި ކުންފުނީގެ 2025 ވަނަ އަހަރުގެ ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު، 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު ޢާންމު ކުރުމާގުޅޭ:

މި ކުންފުނިން 2026 މާރިޗު 08 ވަނަ ދުވަހު ޢާންމުކޮށްފައިވާ ނަންބަރު MTCC-CSD/IU/2026/0154 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. 

މި ކުންފުނީގެ 2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު، 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު އާންމުކުރުމަށް އިތުރު ވަގުތު ބޭނުންވާތީ، މާލީ ހިސާބާއި ރިޕޯޓުތައްޢާންމުކުރާ މުއްދަތު 2026 ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

09 އޭޕްރިލް 2026
ހޯދާ