|
ވަޒިފާގެ ފުރުސަތު
|
|
މަޤާމު:
|
ސީނިއަރ ނެޓްވަރކް އެޑްމިނިސްޓްރޭޓަރ
|
|
ބޭނުންވާ އަދަދު:
|
1
|
|
މަގާމު ނަންބަރު:
|
J-447833
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
|
|
މުސާރަ:
|
17,015.00
|
|
މަގާމުގެ އެލަވަންސް:
|
9,745.00
|
|
ޙާޒިރީ ޢިނާޔަތް:
|
265/- ( ހާޒިރުވާ ކޮންމެ ދުވަހަކަށް )
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސްކޫލުތަކަށް ބޭނުންވާ އައި. ސީ. ޓީ. އާއި ގުޅޭ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ބިޑްތަކުގެ ޓްކްނިކަލް އިވެލުއޭޝަންތައް ރަނަގަޅަށްތޯ ބަލައި ނިންމުން. އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކަށް އައި.ސީ.ޓީ. އާއި ގުޅޭ ކަންކަމުގައި ލަފާ ދިނުން.
- ޑިޖިޓަލް ސްކޫލް ސަޕޯރޓް ސެކްޝަނުގެ އެނުއަލް ވަރކްޕްލޭނާއި އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓް ނިންމުން.
- ޑިޖިޓަލް ސްކޫލް ސަޕޯރޓް ސެކްޝަން މުވައްޒަފަކު ޗުއްޓީ ނެގުމުގެ ސަބަބުން ވަގުތީގޮތުން އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން އަދި ވަޒީފާއާ ގުޅޭގޮތުން ސްޕަވައިޒަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.
- ޑިޖިޓަލް ސްކޫލް ސަޕޯރޓް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމްތައް ކަންޑައަޅާފައިވާ މުއްދަތުގައި އިވެލުއޭޓްކޮ، ފުރައި ވަގުތައް ނިންމުން
- ޔުނިޓަށް އަންނަ ފޯނުކޯލްތަކާއި އަދި އީމެއިލާއި ލިޔުމުން ހުޅަހެޅޭ ކަންކަމަށް ޖަވާބުދާރީވެ ހުށަހެޅޭ މައްސަލަތައް ލޮގްކޮށް، މައްސަލަތައް ހައްލުކުރުން.
- ޑިވައިސްތައް މެނޭޖުކުރާ ޕްލެޓްފޯމުގައި ސެކިއުރިޓީ ސެޓިންގތައް ހެދުމާއި، ގެންނަންޖެހޭ ބަދަލުތައް ވަގުތުން ވަގުތަށް ގެނައުން.
- ގޫގުލް ޖީސޫޓް ސެޓްއަޕް ކުރުމާއި، ޑިވައިސް މެނޭޖްމަންޓަށް ހަދަންޖެހޭ ސެކިއުރިޓީ ސެޓްއަޕްތައް ހެދުމާއި، ޑިވައިސްތައް ބޭނުންކުރާ ސްކޫލުތަކުގެ އެކައުންޓްތައް ބެލެހެއްޓުން. އަދި ސްކޫލުތަކުން އެދޭ އަދި ސްކޫލުތަކަށް ދޭންޖެހޭ އެހީ ދިނުން.
- ޑިވައިސްތަކުގައި ބޭނުންކުރާ އެޕްލިކޭޝަންތައް ގާތުން ބެލުމާއި، ސެކިއުރިޓީއާއި ދަރިވަރުންގެ ރައްކައުތެރިކަމަށްޓަކައި އެޕްލިކޭޝަން ބޭނުންކުރުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
- ދަރިވަރުންނަށް ރައްކައުތެރިކަމާއެކު ޑިޖިޓަލް ސްކޫލް ނެޓްވަރކް ބޭނުންކުރުމަށް ބޭނުންވާނެ ނުވަތަ އެހީވެދޭނެ އެޕްލިކޭޝަނާ ބެހޭގޮތުން ލަފާދިނުމާއި، އެފަދަ އެޕްލިކޭޝަންތައް ކަރިކިއުލަމް ޑިވެލޮޕަރުންގެ ލަފައާ އެއްގޮތަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން.
- ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ޢަމަލީ މަސައްކަތްކުރާ ފަރާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ރޭވުމާއި، ހިންގުމާއި ބެލެހެއްޓުން.
- ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ޑޭޓާސެންޓަރުގައި ހުންނަ މައި ޑިވައިސްތައް ކޮންމެ ދުވަހަކު މޮނީޓަރކުރުން.
- ޑިޖިޓަލް ސްކޫލު ނެޓްވަރކު ބޭނުންކުރާ ސްކޫލުތަކުގައި ހުންނަ ޑިވައިސްތައް ޤަވާޢިދުން ކޮންމެ ދުވަހަކު މޮނީޓަރކުރުމާއި، ހުރިހާ ސްކޫލެއްގައި ހަރުކޮށްފައިވާ ޑިވައިސްތަކުގެ ޙާލަތު ބެލުމާއި، މައްސަލައެއް އުޅޭނަމަ އެ ޑިވައިސް އެއް ހުރި ސްކޫލަކާގުޅައިގެން މައްސަލަ ޙައްލުކުރުން. އަމިއްލައަށް ޙައްލު ނުކުރެވޭ މައްސަލަތައް، ނެޓްވަރކް ބަލަހައްޓާ ފަރާތާގުޅައި، މައްސަލަ ޙައްލުކުރެވޭނޭ ގޮތް ހޯދައި، މައްސަލަ ވީ އެންމެ އަވަހަށް ޙައްލުކޮށް ނިންމުން.
- ޑިޖިޓަލް ސްކޫލު ނެޓްވަރކުގެ ފަޔަރވޯލް މޮނީޓަރކުރުމާއި، ރައްކައުތެރިކަމާއެކު ދަރިވަރުންނަށް ނެޓްވަރކް ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ސްކޫލުތަކުގެ އަޕްގްރޭޑް މަސައްކަތަށް ނުވަތަ ޖެހިފައިވާ މައްސަލައެއް ޙައްލުކުރުމަށް ކޮންމެހެން ދަތުރުކުރަން ޖެހިއްޖެނަމަ، އެ ސްކޫލަކަށް ދަތުރުކޮށް ދިމާވެފައިވާ ކަންކަމަށް ޙައްލު ހޯދައިދިނުން.
- އަލަށް ޢިމާރާތްކުރާ ސްކޫލުތަކުގެ އައި.ސީ.ޓީ. ދާއިރާގެ ކުރެހުންތައް ތައްޔާރުކުރުމާއި، އެ ތަންތަން ނިންމުމުގެ މަސައްކަތްކުރާއިރު އައި.ސީ.ޓީ. ދާއިރާގެ ކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދޭތޯ ބެލެހެއްޓުން އަދި ސްކޫލު ހުޅުވުމަށް އައި.ސީ.ޓީ. ދާއިރާއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޢަމަލީގޮތުން ކުރުން.
- ޑިޖިޓަލް ސްކޫލު ޕްލެޓްފޯމު އިތުރަށް ތަރައްޤީކޮށް އަދި ފުޅާކުރުމަށް ދިރާސާކުރުމާއި، ހެޔޮގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އިތުރަށް ކުރެވޭނެ ކަންތައްތައް ހޯދައި ވެރިންގެ ލަފާގެމަތިން ޕްލެޓްފޯމު ޒަމާނީކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ އެއް ހާސިލްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އާޓިފިޝަލް އިންޓަލިޖެންސް އެންޑް ރޮބޮޓިކްސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސަސް އެންޑް ސަޕޯޓް ސަރވިސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް އެނަލިސިސް
- ކޮމްޕިއުޓަރ އެންޑް އިންފޮރމޭޝަން ސިސްޓަމް ސެކިއުރިޓީ
- ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވަރކިންގ އެންޑް ޓެލެކޮމިއުނިކޭޝަންސް
- ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ
- ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން
- އިންފޮރމޭޝަން ސައިންސް/ސްޓަޑީސް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ
- ނެޓްވަރކިން އެންޑް ލޭން/ވޭން މެނޭޖްމަންޓް
- ސޮފްޓްވެއަރ އިންޖިނިއަރިންގ
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ސިސްޓަމް އިންޖީނިއަރިންގ
ޕްރިފަރޑް ޑިސިޕްލިން : ނެތް
މަޤާމަށް ކޯ ޑިސިޕްލިން: ނެތް
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުމުން (% 30)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
- އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
- ޕްރެޒެންޓޭޝަން ( 10% )
- އިންޓަރވިއު (% 30)
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
https://forms.gle/WoSzfBtVN8CST7UQ8
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 19 އެޕްރީލް 2026 އާއި 30 އެޕްރީލް 2026އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|