މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލް ސިވިލް އިންޖިނިއަރ

                         އިޢުލާން

މަޤާމް:

ޕްރިންސިޕަލް ސިވިލް އިންޖިނިއަރ

މަޤާމުގެ ނަންބަރު:

J-449860

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 10 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން.

ޑިޕާޓްމަންޓް / ސެކްޝަން:

ޕްރޮޖެކްޓް ޑިޕާޓްމަންޓް، މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސެކްޝަން.

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރު 14:00 އަށް

މުސާރަ:

މަހަކު 27,260.00 ރުފިޔާ

 ޖޮބް އެލެވަންސް (ހަރުފަތް 01):

މަހަކު 15,610.00 ރުފިޔާ

ހާޒިރީ އިނާޔަތް:

425.00 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުން ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮޖެކްޓްތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަރުހަލާގައިވެސް ޕްރޮޖެކްޓްތައް ބެލެހެއްޓުން.
  2. ޓެންޑަރ ކުރުމަށް ބޭނުންވާ ކުރެހުންތަކާއި ބީ.އޯ.ކިއު ހިމެނޭހެން ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުން.
  3. ޑިޒައިން ސްޕެސިފިކޭޝަންތަކާއި، ރައްކާތެރިކަމާއި، މިންގަނޑުތައް ފުރިހަމަވާތޯ ބެލުމަށްޓަކައި ހިނގަމުންދާ އަދި ނިމިފައިވާ މަސައްކަތްތައް/އިމާރާތްތައް މޮނިޓަރކޮށް އިންސްޕެކްޓްކޮށް ރިޕޯޓް ތައްޔާރުކުރުން.
  4. ޕްރޮޖެކްޓްތަކާއި ގުޅިގެން ސައިޓް އިންޕެކްޝަންތަކުގައި ބައިވެރިވެ، ތައްޔާރުކުރަން ޖެހޭ ރިޕޯޓްތަށް ތައްޔާރުކުރުން.
  5. ޕްރޮޖެކްޓްތަށް ހިންގުމަށް ބޭނުންވާ ކޮސްޓް އެސްޓިމޭޝަން ތައްޔާރުކުރުން.
  6. މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޑޮކިއުމަންޓްސް ތައްޔާރުކުރުމުގައި ޕްރޮޖެކްޓް ޓީމަށް އެހީތެރިވެދިނުން.
  7. މިނިސްޓްރީން ޓެންޑަރކުރާ ޕްރޮޖެކްޓްތަކުގެ އިވެލުޢޭޝަނަށް އެހީތެރިކަން ދިނުން.
  8. ފަންޑު ހޯދައިގެން ކުރިއަށް ގެންދިޔުމަށް ކަނޑައަޅާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯޝަލް ތައްޔާރުކުރުން.
  9. ޕްލޭނިންގ ޕްރޮސެސްއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތަކާއި މިންގަނޑުތަކުގެ ހުރިހާ ކަމެއް ފުރިހަމަވޭތޯ ކަށަވަރުކުރުން.
  10. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެއްވެސް މައްސަލައެއް ނެތި ރަނގަޅަށް ހިންގޭތޯ ބެލުމަށްޓަކައި ޓާސްކް ރިލެވަންޓް ރިސާރޗް އަދި އެނަލިސިސް ހެދުން.
  11. ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ޑިޒައިންކޮށް ޑިވެލޮޕްކޮށް ހިންގުން.
  12. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން އެތެރޭގެ އަދި ބޭރުގެ ސްޓޭކްހޯލްޑަރުންނަށް ޑިޒައިން ކޮންސަލްޓެންސީ ދިނުން.
  13. ލިޔެކިޔުންތައް ބަލަހައްޓައި ކޮލިޓީ ކޮންޓްރޯލްގެ މިންގަނޑުތަކަށް ތަބާވާކަން ކަށަވަރުކުރުން.
  14. ޕްރޮޖެކްޓްގެ ހާލަތާ ގުޅޭ ޕްރޮގްރެސް ރިޕޯޓްތައް ތައްޔާރުކުރުން.
  15. ޑިޕާޓްމަންޓުން ހަވާލުކުރާ މަޤާމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.
  16. މިނިސްޓްރީގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުން.
  17. އެންގުންތަކަށް، ހާޒިރުވާންޖެހޭ ބައްދަލުވުންތަކަށް ހާޒިރުވުން އަދި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރަން ލާޒިމު ތަމްރީނުތައް:

"އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އިންޖިނިއަރިންގ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

މަޤާމުގެ ތަޢުލީމީ ދާއިރާތައް:

ސިވިލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން އިންޖިނިއަރިންގ، އާކިޓެކްޗުރަލް އިންޖިނިއަރިންގ، ބިލްޑިންގ އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރސް، ސިވިލް އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ، ބިލްޑިންގް އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ، ސިވިލް އެންޑް އެންވައިރަމެންޓަލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އެންޑް ސިވިލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ބިލްޑިންގް ޓެކްނޯލޮޖީ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން، ސަސްޓެއިނަބަލް ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންސްޓްރަކްޝަން އިންޖިނިއަރިންގ މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ، އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް، ބްރިޖް އިންޖިނިއަރިންގ، އަރތުކުއޭކް އިންޖިނިއަރިންގ، ކޮމްޕިއުޓޭޝަނަލް ސިވިލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އެންޑް ޖިއޯޓެކްނިކަލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އެންޑް ބިލްޑިންގ ޕްރޮޑަކްޓްސް އިންޖިނިއަރިންގ، މެއިންޓެނަންސް އިންޖިނިއަރިންގ، ރޯޑް މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން މެޝިން އިންޖިނިއަރިންގ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ (www.sports.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Announcement/ViewDownloads/4

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ނޯޓް: މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ (www.sports.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 20 އެޕްރީލް 2026 އާއި 19 މޭ 2026 އާ ދެމެދު، މިނިސްޓްރީ އޮފް ސްޕޯޓްސް،ފިޓްނަސް އެންޑް ރެކްރިއޭޝަން (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

 

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347471  ނުވަތަ 3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ.

09 އޭޕްރިލް 2026
ހޯދާ