ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން 2026 ފެބުރުވަރީ 09 ވަނަ ދުވަހު ފޮނުވާފައިވާ ނަންބަރު 492-AP3/288/2026/1 ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.
މިނިސްޓްރީއިން ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ކާނާގެ ދުޅަހެޔޮކަން ރައްޔިތުންނަށް ހޯދައިދުނުމުގެ ޕްރޮގްރާމްއަކީ ރައްޔިތުންނަށް ކާނާގެ ޔަޤީންކަން ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާބޯތަކެތި އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާޓެރިކަން ލިބޭނެމަގު ތަނަވަސްކޮށްދިނުމަށްޓަކައި ހިންގޭ ޕްރޮގްރާމްމެކެވެ. މި ޕްރޮގްރާމް މިނިސްޓްރީއިން ކުރިއަށް ގެންދަނީ އެއަހަރަކަށް ލިބޭ ބަޖެޓްގެ މައްޗަށް ބިނާކޮށް ގަސް އުފެއްދޭ މިންވަރަކުންނެވެ.
މި ޕްރޮގްރާމްގެ ދަށުން އިންދާ، އާލާކުރުމަށްޓަކައި ގޭބިސީތަކަށް ބެހުމަށް ކަނޑައެޅުފައިވަނީ ބަނބުކެޔޮ، އަލަ، ދަނޑުއަލުވި، މުރަނގަ، ފަތްކެޔޮ އަދި ޖަނބުރޯލުގަހެއެވެ.
ވީމާ މަތީގައި ލިސްޓުކުރެވިފައިވާ ގަސްތައް އިންދާ ހެއްދުމަށް ޝައުގުވެރިވެލައްވާ ގޭބިސަތުން ތިރީގައިވާ ލިންކު މެދުވެރިކޮށް 2026 އެޕްރީލް 12 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
