ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫއިން ފަތްކެޔޮ ހެއްދުމަށް ޖާގައަށް އެދެމުންދާތީ ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ފަތްކެޔޮ ހެއްދުމަށް ވަގުތީ ޖާގައެއް ހޯދުމަށް ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން:

                 ރަށު ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކަށް ފަތްކެޔޮ އިންދުމަށް ހަމަހަމަ ކަންމަތީ 3000 އަކަފޫޓްގެ ވަގުތީ ޖާގައެއް ހިލޭދިނުމަށް ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ފޯމް ހުށައެޅި ފަރާތްތަކަށް މިހާރު ވަނީ ފަތްކެޔޮ ހެއްދުމަށް ޖާގަ ދޫކުރެވިފައެވެ. ނަމަވެސް އަދިވެސް ވަރަށް ގިނަ ފަރާތްތަކުން ފަތްކެޔޮ ހެއްދުމަށް ޖާގައަށް އެދެމުންދާތީ ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  

                 ވީމާ، ފަތްކެޔޮ ހެއްދުމަށް ޖާގަބޭނުންވާ ރަށު މީހުންދިރިއުޅޭ ގޭތަކުން މިކައުންސިލުން ދޫކުރާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުއްވުން އެދެމެވެ. މި ކަމަށް އެދޭ ފޯރމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފަތްކެޔޮ އިންދުމަށް ސަރައްދުތަކެއް ކަނޑައަޅައި ދޫކުރުމުގެ އުޞޫލާއި  އެ ސަރަހައްދުތަކުގެ ޗާޓް މި އިޢުލާން އާއި އެކު އާއްމުކޮށްފައި ވާނެއެވެ.

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެއެވެ.

                        20 ޝައްވާލް 1447  

                        08 އެޕްރީލް 2026

08 އޭޕްރިލް 2026
ހޯދާ