މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެމީ ސްކިލަޑް ވޯކަރ-ތ.ހިރިލަންދޫ އައިސްޕްލާންޓް/މިފްކޯ ހެޑް އޮފިސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްއަށް މީހުން ހޯދަން އިއުލާން ކުރަމެވެ.

މަޤާމު

 ސެމީ ސްކިލްޑް ވޯކަރ

ބޭނުންވާ ޢަދަދު

 1

 ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން

 ތ. ހިރިލަންދޫ އައިސްޕްލާންޓް / މިފްކޯ

ޖުމްލަ މުސާރަ

9979.50 ރުފިޔާ

އިތުރު ޢިނާޔަތްތައް

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު

ގްރޭޑް 7 ފެންވަރު ހުރުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއަކުން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކުރުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު

އައިސް އުފައްދާ މެޝިނުތަކާއި ވަސީލަތްތައް ހިންގުމުގައި އެހީތެރިވުން.

އައިސް ލޯޑުކޮށް ބޭލުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.

އައިސް ކިރުމާއި، ގުދަންކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ޕްލާންޓާއި، މެޝިނަރީތަކާއި، މަސައްކަތްކުރާ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުން.

މެޝިނަރީތަކުގެ އަސާސީ މަރާމާތުތަކުގައި އެހީތެރިވުމާއި، އެއްވެސް މައްސަލައެއް ނުވަތަ ގެއްލުމެއް ފާހަގަވެއްޖެނަމަ އެކަން ރިޕޯޓުކުރުން.

ސަލާމަތީ ފިޔަވަޅުތަކަށް އަމަލުކުރުމާއި، ރައްކާތެރިކަމުގެ އާލާތްތައް ފުރިހަމައަށް ބޭނުންކުރުން.

އައިސް ފޮނުވުމަށް ތައްޔާރުކުރުމާއި، ފޮނުވުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.

އައިސް ތަޣައްޔަރުވިޔަ ނުދިނުމަށާއި ގެއްލުންވިޔަ ނުދިނުމަށްޓަކައި، ރަނގަޅު ގޮތުގައި ތަރުތީބުކޮށް ގުދަންކުރުން.

ސުޕަވައިޒަރު ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ. ނުވަތަ   އަށެވެ[email protected] އީމެއިލް ކުރައްވާނީ

ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޭޕްރިލް 2026 ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

  ނޯޓް:މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

08 އޭޕްރިލް 2026
ހޯދާ