|
މަޤާމު:
|
ސިވިލް އިންޖިނިއަރ
|
ބޭނުންވާ އަދަދު:
|
01
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
|
މަސައްކަތު ގަޑި:
|
ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް
|
|
އަސާސީ މުސާރަ:
|
މަހަކު 18,945.00 ރުފިޔާ
|
|
ޖޮބް އެލަވަންސް:
|
މަހަކު 10,850.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
295.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
|
ކޮންޓްރެކްޓްގެ މުއްދަތު:
|
1 އަހަރު
|
|
އިނާޔަޔްތައް:
|
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވުމުން)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:
|
- ސިވިލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން އިންޖިނިއަރިންގ، އާކިޓެކްޗުރަލް އިންޖިނިއަރިންގ، ބިލްޑިންގ އިންޖިނިއަރިންގ
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ފަރާތުން ކުރިއަށްގެންދާ އެންމެހާ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަޝްރޫޢުތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- މަޝްރޫޢުތަކަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ގަވާއިދުން މޮނިޓަރކޮށް، ކުރިއަށް ހުރި މަސައްކަތްތައް ރޭވުމާއި ކޯޑިނޭޓްކުރުން. މީގެ ތެރޭގައި މަސައްކަތަށް ބޭނުންވާ ހުއްދަތައް ވަގުތަށް ހޯދުމާއި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ހިމެނެއެވެ.
- މަޝްރޫޢުތައް ހިނގަމުންދާ ސައިޓުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޒިޔާރަތްކޮށް، ފަރުމާކޮށްފައިވާ ކުރެހުންތަކާއި ފަންނީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް އިންސްޕެކްޝަންތައް ހެދުން. އަދި ސައިޓުގެ ހާލަތު ބަޔާންކޮށް ތަފްސީލީ ރިޕޯޓްތައް ތައްޔާރުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަމުގައި ފަންނީ އިރުޝާދު ދިނުން.
- ކޮންސަލްޓަންޓުންނާއި، ކޮންޓްރެކްޓަރުން އަދި އިންވެސްޓަރުން ހުށަހަޅާ ސްޓްރަކްޗަރަލް ޑިޒައިންތަކާއި، ކުރެހުންތައް މަޝްރޫޢުގެ މަގުސަދުތަކާ އެއްގޮތަށް ހުރިތޯ ބަލައި ދިރާސާކުރުން. މީގެ އިތުރުން، ބޭނުންވާ ހާލަތްތަކުގައި ޓެކްނިކަލް ޑިޒައިންތަކާއި، ބީ.އޯ.ކިއު (BOQ) އަދި ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ހުރިހާ ލިޔެކިޔުންތަކެއް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެންވަރު ހިފެހެއްޓިފައިވާކަން ކަށަވަރުކުރުން.
- މަޝްރޫޢުތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ސެކްޝަނުން ހަވާލުކުރާ މިފަދަ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމުން.
- މަޝްރޫޢުތަކާ ގުޅޭ ރިޕޯޓްތަކާއި އިދާރީ ލިޔެކިޔުންތައް އެކުލަވާލުމުގައި ފަންނީ އިރުޝާދު ދިނުމާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް އެތަކެތި ފެއްތުން. މަޝްރޫޢުގެ ކުރިއެރުން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ކޮންޓްރެކްޓަރުން ހުށަހަޅާ އިންޖިނިއަރިންގ ލިޔެކިޔުންތަކާއި ކުރެހުންތައް ތަފްސީލީގޮތެއްގައި ދިރާސާކޮށް، އެތަކެތީގެ ފަންނީ ފުރިހަމަކަން ކަށަވަރުކުރުން.
- ނިންމާފައިވާ މަސައްކަތްތަކުގެ ފެންވަރު ބަލައި މިންކުރުމަށްފަހު، ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމަށް ބޭނުންވާ ޕޭމަންޓް ސެޓްފިކެޓްތަކާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި މަޝްރޫޢުގެ ތެރެއިން ހުށަހެޅޭ ކްލެއިމްތަކާއި (Claims)، ވޭރިއޭޝަން އޯޑަރުތަކުގެ އިތުރުން މުއްދަތު އިތުރުކުރުމަށް އެދޭ ހުށަހަޅުންތައް، އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މެނޭޖްމަންޓްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދިރާސާކޮށް ފަންނީ ލަފާދިނުމާއި ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
- ކޮންޓްރެކްޓަރުންނާއި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި، އަދި ސްޓޭކްހޯލްޑަރުންނާއެކު ގާތުން މަސައްކަތްކޮށް މަޝްރޫޢުގެ ކަންކަން ވިލަރެސްކުރުން. މީގެ ތެރޭގައި މަޝްރޫޢުގެ ފަންނީ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ރިޕޯޓިންގ ނިޒާމު ހަރުދަނާކުރުމާއި، ރިސްކް މެނޭޖްމަންޓާއި ކޮލިޓީ ކޮންޓްރޯލް ދެމެހެއްޓުމުގެ އިތުރުން، މަޝްރޫޢުގެ ހުރިހާ މަރުހަލާއެއްގައި ގާނޫނީ އަދި ގަވާއިދުގެ މިންގަނޑުތަކަށް އަމަލުކުރާކަން ކަށަވަރުކުރުން.
- މަޝްރޫޢުގެ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮލިޓީ އެޝުއަރެންސް އަދި ކޮލިޓީ ކޮންޓްރޯލްގެ އުސޫލުތައް ތަންފީޒުކުރުން. މީގެ ތެރޭގައި ސައިޓުގައި ކުރިއަށްދާ މަސައްކަތްތައް ގަވާއިދުން އިންސްޕެކްޓްކޮށް، މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
- އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ތަންފީޛުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޔުނިވަރސިޓީން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 އެޕްރީލް 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-55
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|