މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މި ވުޒާރާގެ އޮފީސް ޖާގަ ޑިޒައިންކުރުމާއި ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށް ބައެއް މަރާމާތު މަސައްކަތް ކުރުމާބެހޭ

          މި ވުޒާރާގެ ނަންބަރު (IUL)13-E/13/2026/48 (24 މާރިޗު 2026) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

          މި ވުޒާރާގެ ބޭނުމަށް ބައެއް ސެކްޝަންގެ އޮފީސް ޖާގަ އިތުރު ކުރުމަށް، ޑިޒައިންކޮށް ފްލޯރ ޕްލޭން ހަދައި ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށް ބައެއް މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          އަންދާސީ ހިސާބު ހުށަހެޅުން: 13 އެޕްރީލް 2026، 13:30އަށް

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

          17 ޝައްވާލް  1447

          5  އެޕްރީލް  2026

05 އޭޕްރިލް 2026
ހޯދާ