އައްޑުއަތޮޅު ހުޅުމީދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

ހެލްތް ކެއަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރު:


J-445224
، J-445225

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

ހެލްތް ކެއަރ އެޓެންޑެންޓް ގްރޭޑް 1 (ޕަބްލިކް ސަރވިސް ރޭންކު 1 - ސްޓެޕް 1)

ސްކިލް ލެވަލް

ސްކިލް ލެވެލް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސ. ހުޅުމީދޫ ޞިއްޙީމަރުކަޒު

މަޤާމުގެ މުސާރަ އާއި އެލަވަންސްތައް:

މަޤާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

ހެލްތް ކެއަރ އެޓެންޑެންޓް

ޕަބްލިކް ސަރވިސް ރޭންކު 1 - ސްޓެޕް 1

8255.00 ރ

2475.00 ރ

65.00 ރ

 

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޞިއްޙީމަރުކަޒަށް ގެންނަ އިމަރޖެންސީ ކޭސްތަކަށް  ވީލް ޗެއަރ ސްޓްރެޗަރ ރެޑީކޮށް ބެހެއްޓުމާއިއެކު، ބަލިމީހަކު ގެނައުމުން ޓްރީޓްމެންޓް ރޫމަށް ނުވަތަ ވޯޑަށް ވެއްދޭގޮތަށް އިންތިޒާމުކުރުން، އަދި އެފަދަ ޙާލަތްތަކަށް ތައްޔާރުވެތިބުން.
  • ވޯޑްތަކުގައި ބަލިމީހުން ތިބޭ އެނދު ކޮންމެދުވަހަކު ހެނދުނު ބެޑްޝީޓް ބާލީސް އުރަ ބަދަލުކުރުން
  • ވޯޑްތަކުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ޔޫރިން ބޭގްތައް ނަރުހުންގެ ލަފާއާއެކު  ހުސްކޮށް، ވޯޑްތަކުގައި ބޭނުންކުރާ ބެޑްޕޭން ޔޫރިނަރ، ކިޑްނީ ޓްރޭ ފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަޑައެޅިފައިވާ ގޮތަށް ދޮވެސާފުކޮށް ޑިސްއިންފެކްޓް ކުރުން
  • ވޯޑްތަކުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުން ޑިސްޗާޖްކުރުމުން އެނދުފޮތި ބާލީސް އުރަ ބަދަލުކޮށް އެނދާއި، ބެޑްސައިޑް ލޮކަރއާއި ތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުން. އަދި ބަދަލުކުރެވޭ ބެޑްޝީޓް ދޮވެ އިސްތިރި ކުރުން. އަދި ކޮންސަލްޓޭޝަން ރޫމް، ޓްރީޓްމެންޓް ރޫމް ފަދަ ތަންތާގައި ބޭނުންކުރަންޖެހޭ ބެޑްޝީޓްތައް ބަދަލުކުރަންޖެހުމުގެކުރިން ތައްޔާރުކޮށް ކަބަޑްތަކުގައި ބެއްހެއްޓުން
  • ވޯޑްތަކާއި ލޭބަރރޫމް، ލެބޯޓްރީ، ޑްރެސިން ރޫމުގައި  ބޭނުންކުރާ ނުރައްކާތެރި ކުނި، ކުނިނައްތާލުމަށް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ނައްތާލުން.
  • ނަރުހުންގެ ލަފާއާއި އެކު ހުސްވެފައިވާ އޮކްސިޖަން ސިލިންޑަރތައް ވޯރޑުން ބޭރުކޮށް ފުލް ސިލިންޑަރތައް އުފުލުމާއި ބެހެއްޓުމުގައި ކަނޑައެޅިފައިވާ ޤަވާއިދުން އެތަންތާގައި ބެހެއްޓުން. އަދި ގޯޒް، ސޯބް ފަދަ ތަކެތި ހެދުން. އޮޓޯ ކްލޭވް ކުރުން.
  • ކޮންމެ ޝިފްޓެއްނިމުމުގެ ކުރިން މަރުކަޒުގެ ހުރިހާ ފާޚާނާތަކާއި އެތަންތާގައި ބޭނުންކުރާ އެންމެހާ ތަކެތި ދޮވެ ސާފުކޮށް ޑިސްއިންފެކްޓްކޮށް ސާފުތާހިރުކަންމަތީ ބެލެހެއްޓުން.
  • ހިދުމަތްދިނުމުގައި ބޭނުންކުރާ މެޝިނަރީއާއި އިކްވިޕްމަންޓްސް ލެބްޓެކްނީޝަނުންނާއި ނަރުހުންގެ އިރުޝާދާއި އެކު ސާފުކޮށް ބެހެއްޓުން
  • ކޮންމެ ޝިފްޓެއް ނިމުމުގެކުރިން މަރުކަޒުގެ ހުރިހާތަނެއްގެ ތަޅުން ފޮހެ މޮޕްޖަހާ ސާފުކޮށް ފަންކާތައް ފޮހެ ޑިސްއިންފެކްޓްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • މަރުކަޒުގެ ހުރިހާތަނެއްގައިވާ ދޮރުފޮތި އަދި ވޯރޑްތަކުގައިވާ ސްކްރީންތަކުގެ ފޮތިތައް ދޮވެ ސާފްކުރުން.
  • މަރުކަޒުގެ ހުރިހާ ސަރަހައްދެއްގައި ވިނަ ނޮޅައި، އިންދާފައިވާ ބަގީޗާގަސްތަށް ބެލެހެއްޓުމާއި، ތަން ޒީނަތްތެރިކޮށް ބެލެހެއްޓުން އަދި ރައްކާތެރިކަމާއި އެކު ހަމަޖެހިފައިވާ ގަވާޢިދާއި އެއްގޮތައް ކުނި ނައްތާލުން. އަދި މަރުކަޒުގެ ގޯތީގެ ވަށައިގެން މަގުމަތީ ވިނަ ނޮޅާ ކުނިކަހާ މަގުތައް ރީތިކޮށް ސާފުތާހިރު ކަންމަތީ ބެލެހެއްޓުން.
  • މަރުކަޒުގައި ހިންގޭ އެކިއެކި ހަރަކާތްތަކަށް (މީޓިންގ، ވެކްސިނޭޝަން ޕްރޮގްރާމް، ޑޮކްޓަރސް ވިޒިޓް ) ގޮނޑި މޭޒް ފަދަ ތަކެތި ގެނެސް އަތުރާ ނިމުމުން ގެންގޮސް ތަން ސާފްކުރުން.
  • މަރުކަޒަށް ލިބޭ ތަކެތި މަރުކަޒަށްގެނައުމުން ސްޓޯރ ބަލަހައްޓާ މުވައްޒަފުގެ އިރުޝާދުގެ މަތިން ސްޓޯރަށް ގެންގޮސް ހަރުގަޑުގައި ޖަހާ ތަރުތީބް ކުރުން.
  • ސާފް ކުރުމަށާއި ،މަރާމާތުކޮށް ބަދަލު ކުރަންޖެހޭ ބޮކި،ފަންކާ،އިސްކުރު ފަދަ ތަކެތި ސްޓޯރ އިން ތަކެތި ހޯދުމަށް އޮންނަ ގަވާއިދާއި އެއްގޮތަށް ހޯދުމާއި، އަދިމަރުކަޒުގެ މެއިންޓެނެންސް މަސައްކަތްތައްކުރާ އިރު ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • މަރުކަޒުގެ ޢިމާރާތާއި އިމު ފާރުތަކުގައި ކުލަ ކެހިފައި ނުވަތަ ހަޑިވެފައިވާ ތަންތަން ސުޕަވައިޒަރާއި ވާހަކަ ދައްކާ އާބާތުރަ ފިލުވުން.
  • މަރުކަޒުގައިހިންގާ ބޮޑެތި މަސައްކަތްތަކާއި، މުނާސަބާތްތަކަށް މަރުކަޒު ޒީނަތްތެރި ކުރުމަށް ހިންގޭ ޙަރަކާތްތަކުގައި އިސްކޮށްހަރަކާތްތެރިވުން.
  • މަރުކަޒަށް އަންނަ ބަލިމީހުންނަށް އެހީތެރިކަމާއި އެއްބާރުލުންދީ ބޭނުންވާކަންތައްތައް އިޙްތިރާމާއި އޯގާތެރިކަމާއެކު ކޮށްދީ ރީތިބަހުން މުޢާމަލާތުކުރުން.
  • ހަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްޢޫލިއްޔަތުތައް އަދާކުރުން. އަދި ޙާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެގުން 

ނުވަތަ

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ ނުވަތަ، ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  • އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަދި ދެވޭ އިމްތިހާނުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 12 އެޕްރީލް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ހުޅުމީދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާން އޮންނާނީ، 14 އެޕްރީލް 2026 އާއި 30 އެޕްރީލް 2026 އާއި ދެމެދު ހުޅުމީދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަރވިއު އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓް ލިސްޓު ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6895753 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

02 އެޕްރީލް 2026

02 އޭޕްރިލް 2026
ހޯދާ