ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"ރިޓެއިނަރ މާކެޓިން ކޮންޓެންޓް ކްރިއޭޓަރ"ގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނީގެ ކޮމާޝަލް ޓީމަށް "ރިޓެއިނަރ މާކެޓިން ކޮންޓެންޓް ކްރިއޭޓަރެއް"ގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، "ވީޑިއޯގްރަފީ، ފޮޓޯގްރަފީ، އެނިމޭޝަން، މޯޝަން ގްރަފިކްސް"ފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އެޕްރީލް 12 ވާ އާދިއްތަދުވަހުގެ މެންދުރު 2:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 20 ވާ ހޯމަދުވަހުގެ މެންދުރު 2:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 20 ވާ ހޯމަދުވަހުގެ މެންދުރު 2:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3026510/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
