ދިވެހިރާއްޖެ
|
TVET Teacher Training Scholarship Scheme 2026 |
||
|
3 ބެޗްލަރސް ޑިގްރީ |
7 ޑިޕްލޮމާ |
ކޯހުގެ ޢަދަދުއަދި ލެވެލް: |
|
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިއަރިންގ - މެރިން އިންޖިނިއަރިންގ ޓެކްނޮލޮޖީ - އޮޓޮމޯޓިވް އިންޖިނިއަރިންގ |
- މެނުފެކްޗަރިންގ އިންޖިނިއަރިންގ - ސިވިލް އިންޖިނިއަރިންގ - މެކަޓްރޯނިކްސް - ގްރެފިކް ޑިޒައިނިންގ - ކަރޕެންޓްރީ ޓެކްނޮލޮޖީ - އިންފޮމޭޝަން ޓެކްނޮލޮޖީ - އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރރޭޝަން |
ދާއިރާ: |
|
މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ ޤައުމުތައް |
ޤައުމު: |
|
|
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވަރކް" ގެ މިނިމަމް އެންޓްރީ ރިކްއަރމަންޓްގައި ބަޔާން ކޮށްފައިވާ ޝަރުތުތައް. |
ކޯހުގެ ޝަރުތު: |
|
|
1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން. 3. ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުންދާ ފަރާތެއްނަމަ، ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފައިސާ 26 އެޕްރީލް 2026 ގެ ނިޔަލަށް އަނބުރާ ދައްކާ ހަލާސްކޮށްފައިވާ ފަރާތެއް ކަމުގައިވުން. |
ކޯހުގެ ޝަރުތު ތަކުގެ އިތުރުން ފުރިހަމަ ވާންޖެހޭ ޝަރުތުތައް:
|
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި). 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. 4. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން ކެންޑިޑޭޓް މިކޯހަށާއި، އަދި ކޯސް ފުރިހަމަ ކުރުމަށްފަހު މޯލްޑިވްސް ޕޮލިޓެކްނިކްއަށް ޚިދުމަތްކުރުމަށް ދޫކުރާނެކަމުގެ ލިޔުން. 5. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
|
މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުން މޯލްޑިވްސް ޕޮލިޓެކްނިކްގައި ޚިދުމަތްކުރުމަށް ބޮންޑުކުރުމަށް ހަމަޖެހިފައިވުމާއިއެކު، ޓެކްނިކަލް ކޮލިފިކޭޝަން ފުރިހަމަކުރުމަށްފަހު ޓީޗިން ޕެޑަގޮޖީ ޕްރޮގްރާމެއް ފުރިހަމަކުރުން މެންޑޭޓަރީ ވެގެންވެއެވެ. ޓީޗިން ޕެޑަގޮޖީ ޕްރޮގްރާމް ތިރީގައިވާ ގޮތްތަކުގެ މަތިން ފުރިހަމަކުރެވިދާނެއެވެ.
1. އެ ދާއިރާއެއްގެ ކަމާބެހޭ ޕެޑަގޮޖީ ނުވަތަ ޓީޗަރ އެޑިޔުކޭޝަން ޕްރޮގްރާމެއްގައި ބައިވެރިވުން/ޓެކްނިކަލް ކޮލިފިކޭޝަން ފުރިހަމަކުރާ ކޮލެޖު ނުވަތަ މުއައްސަސާއަކުން ކޯސް ފުރިހަމަކުރަމުންދާ ދުވަސްވަރު ޕެޑަގޮޖީ މޮޑިއުލްތައް ފުރިހަމަކުރުން 2. ކޯސް ފުރިހަމަކުރުމަށްފަހު، ރާއްޖޭގައި ޓިވެޓް ޓީޗަރ އެޑިޔުކޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުން. |
ޓީޗިން ޕެޑަގޮޖިކަލް ޓްރެއިނިންގ ފުރިހަމަ ކުރުން
|
|
|
މި ސްކޮލަރޝިޕްގެ ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. އެލަވަންސްތަކުގެ ތަފްސީލް މި އިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ. |
ޚަރަދު: |
|
|
- މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ކެންޑިޑޭޓުން ކޯހުގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅިފައިވާ މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮންޑު ކުރެވޭނެއެވެ. - ކިޔަވަން އިޚްތިޔާރުކުރާ ކޯހަކީ ފުލްޓައިމް، އަދި އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ ކޯހަކަށް ވާން ވާނެއެވެ. - އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކެންޑިޑޭޓުން ކަށަވަރު ކުރަންވާނެއެވެ. - ކެންޑިޑޭޓުން ކޯހަށް ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ، ކިޔެވުން ފަށަން ވާނެއެވެ. އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ، މި ސްކޮލަރޝިޕް ފުރުޞަތު ކެންސަލް ވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލީކަމަށް ބެލެވޭނެއެވެ. - މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރަކު މަޤުބޫލު ސަބަބެއްނެތި، ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ، ފެއިލްވި މޮޑިއުލުގައި އަލުން ބައިވެރިވުމަށް ހިނގާ ޚަރަދު ހަމަޖައްސަންޖެހޭނީ، އެ ދަރިވަރު އަމިއްލައަށެވެ. އަދި މިގޮތުން ޕުރޮގުރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ނަގާ މުއްދަތު އިތުރުވެއްޖެ ނަމަ، އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ޚަރަދު ވެސް ހަމަޖައްސަންޖެހޭނީ، އެ ދަރިވަރު އަމިއްލަޔަށެވެ. - ކޯސް ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަންވާނެވެ.
* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އާއި މަޢުލޫމާތު ޝީޓްތަކުން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
ސުންގަޑި: 26 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން |
||
|
އެޕްލިކޭޝަން ހުށަހަޅާނީ https://kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |
||
