ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ސީ.ޓީ ޓެކްނީޝަން

`

ތ.އަތޮޅު ހޮސްޕިޓަލް

ތ.ވޭމަންޑޫ  

                                                        ނަންބަރު:   (IUL)TAH-A/TAH/2026/11

އިޢުލާނު

 

މަޤާމު:

އައި.ސީ.ޓީ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-448794

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 5 ސްޓެޕް1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން

ސަޕޯޓް ސާރވިސް

މުސާރަ:

-/9495ރ

މަޤާމްގެ އެލަވަންސް:

-/2850ރ

އެހެނިހެން އެލަވަންސް:

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހަމަޖެހިފައިވާ އުސޫލުން ހާޟިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް-/75ރ 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި، މައްސަލަތައް ޙައްލުކުރުން.
  • ނެޓްވަރކް އެޅުމާއި، ނެޓްވަރކް ސެކިއުރިޓީ ބެލެހެއްޓުމާއި، ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • ސޮފްޓްވެއަރ އަދި ހާޑްވެއަރ ޑިވައިސްތަކަށް އިންސްޓޯލް ކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  • އިދާރާގެ ސަރވާއަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުމާއި ސާރވާ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  • ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުވާސަލާތީ ޚިދުމަތް ދިނުން.
  • އައި.ސީ.ޓީ އިންފްރާސްޓްރިކްޗަރއަށް ޑައުންޓައިމްއެއް އަޔަނުދީ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ އިކުއިޕްމަންޓްތަކުގެ ރިކުއެސްޓް ލިސްޓު ތައްޔާރުކޮށް، ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީ އާއިގުޅުން ހުރި ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
  • އާންމުންނަށް ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއްގެ ޓެކްނިކަލް މައްސަލައަކާއި ގުޅޭގޮތުން ކޯލެއް އަތުވެއްޖެނަމަ އެކަމަކަށް އެޓެންޑްވުން.
  • އަލަށް މަސައްކަތަށް ގެނެވޭ މުވައްޒަފުންނަށް ކޮމްޕިއުޓަރ ބޭނުންކުރުމަށާއި ތަފާތު ސޮފްޓްވެއާރ ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ބޭނުންވާ އިންސަރވިސް ޓްރެއިނިންގ ދިނުން
  • ހޮސްޕިޓަލްގެސެކިއުރިޓީ ކެމެރާ ތަކަށް ދިމާވާ މައްސަލަ ބަލާ ހައްލު ކުރުމާއި، ޑާޓާ ތައް ރައްކާތެރި ގޮތުގައި ބެލެހެއްޓުން
  • ހޮސްޕިޓަލުން ހިންގާ އެކިއެކި ހަރަކާތްތައް ސޯޝަލް މީޑިއާގައި އާއްމުކުރުމާއި ހޮސޕިޓަލް ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި، ސައިޓް ބެލެހެއްޓުން
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި މުވައްޒަފުން ގުޅިގެންކުރާ މަސައްކަތްތަކާއި އެކި އެކި އިޖްތިމާޢީ އަދި ޚާއްސަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  • ޞިއްހީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމްގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ / އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާސިލް ކޮށްފައިވުން.

ނުވަތަ

  1. މަޤާމްގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލް ކޮށްފައިވުމާއި އެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތަށް

  • ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  • ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  • ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  • ކޮމްޕިއުޓަރ ސައިންސް  
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓިންގ  
  • ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  • ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  • އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • ނެޓްވަރކިންގ  
  • ޕްރޮގްރާމިންގ  
  • ސޮފްޓްވެއަރ އިންޖިނިއަރިންގ  
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  • ވެބް ޑިވެލޮޕްމަންޓް

މަޤާމުގެ ޕްރިފާރޑް ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ތައުލީމީ ރޮނގުތައް:

 

މަޤާމްގެ ކޯ ޑިސިޕްލިން ނެތް.

ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް)

  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލްގެ އޮފީސް ބައިގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަ ވުމަށް

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 11:30 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ފޯމް ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު ކުރި 11:30އަށް ހޮސްޕިޓަލްގެ އޮފީސް ބައިންނެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 12 އޭޕްރީލް 2026 އާއި 30 އޭޕްރީލް 2026 އާ ދެމެދު، ތ.އަތޮޅު ހޮސްޕިޓަލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6782776 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ޝައްވާލް 1447ހ.

02 އޭޕްރީލް 2026މ.

 

 

 

 

02 އޭޕްރިލް 2026
ހޯދާ