މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
2 ނޯޓިސްބޯޑު ހަދައި ހަރުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން 2 ނޯޓިސްބޯޑު ހަދައި ހަރުކުރުމަށްޓަކައި ކުރެވުނު ނަންބަރު 61/IUL)MUH-01/1/2015) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 ގައި

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

17 ޑިސެންބަރު 2015
ހޯދާ