ދިވެހިރާއްޖެ
FSM-ADV/2026/043
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ސުޕަވަރިޒަރ، ރީޖަނަލް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ |
|
ބޭނުންވާ އަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ސްޓާފުންގެ ޑިއުޓީ ރޯސްޓާރ ތައްޔާރުކޮށް އެއަށް އަމަލު ކުރޭތޯ ބެލުން. - ޑެއިލީ ސޭލްސް ރިޕޯރޓް ނިމުމުން، ޗެކް ކޮށް ސޮއި ކުރުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުން ސިސްޓަމްގައި ޑޮކިއުމެންޓް ކުރުން. - SAP އަޅަންޖެހޭ އެއްޗެހި އެޅުން/ ޕްރޮސެސް ކުރުން - SAP އެންޓްރީސް އަޅަފައި ހުންނަނީ ރަނގަޅަށްތޯ ބެލުން - ދުވަހުން ދުވަހައް ސައިޓްގައި ނިންމަންޖެހޭ އެންމެހައި މަސައްކަތްތައް ނިއްމުން. - ދ. ކުޑަހުވަދޫ ފިއުލް ސްޓޭޝަންގައިވެސް މަތީގައި ދެންނެވިފައި ވާ ޒިންމާތައް އަދާކުރުން - އެމީހަކާ ހަވާލުވެފައިވާ މަސައްކަތްތަކުގެ އިތުރުން، ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގާ އިތުރު މަސައްކައްތައް ކުރުން. |
|
ޝަރުތުތައް: |
- ކަސްޓަމާރ ސާރވިސް / ސޭލްސް ނުވަތަ މެއިންޓަނަސް ދާއީރާއަކުން ތަޖުރިބާ ލިބިފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
|
މަހު މުސާރަ: |
21،000ރ އާއި 25،000ރ އާއި ދެމެދު |
|
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް ފިއުލް ސްޓޭޝަން ދ. މީދޫ |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 05 އޭޕްރިލް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.
