މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

                           (IUL)10-C/10/2026/32:ނަންބަރު

އިޢުލާނު

 

މަޤާމު:

ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

މަޤާމުގެ ނަންބަރު:

J-442846

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ސިސްޓަމް ޑިވެލޮޕްމަންޓް ޔުނިޓް/ ކ.މާލެ

މުސާރަ:

މަހަކު 18,925.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 10,835.00ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ ޢިނާޔަތް: ކަނޑައަޅާފައިވާ އުޞޫލުގައިވާގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 295.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިސްޓަމްތަކުގެ ސޮފްޓްވެއަރ ޑިޒައިންކޮށް، ޑިވެލޮޕް ކުރުމާއި ސޮފްޓްވެއަރ ޑިވެލޮޕް ކުރަނީ ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި އަދި ސިސްޓަމްތައް އުފައްދާ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.
  2. ސޮފްޓްވެއަރ އަރކިޓެކްޗަރގައި ސިނާއަތުގައި ކުރިއަރާފައިވާ އުސޫލުތައް ބޭނުންކޮށްގެން، ސިސްޓަމުގައި ދިމާވާ މައްސަލަތަކަށް އެފިޝިއަންޓް، ސްކޭލް ކުރެވޭ، އަދި ބެލެހެއްޓެނިވި ގޮތަކައް ހައްލުތައް ހޯދައިދިނުން.
  3. ސިސްޓަމްސް އެނަލިސިސް އަދި ކޮލިޓީ އެޝުއަރެންސް (ކިއުއޭ) ޓީމުތަކާ ގުޅިގެން ރައްކާތެރި އަދި އިތުބާރު ހުރި ސޮފްޓްވެއަރ ސޮލިއުޝަންތައް އުފައްދާ ފޯރުކޮށްދިނުން
  4. ޑިވެލޮޕްމަންޓް ސައިކަލްގެ ކުރީކޮޅު ދިމާވެދާނެ މައްސަލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށްޓަކައި، ޔުނިޓް އަދި އިންޓަގްރޭޝަން ޓެސްޓްތައް ހިމެނޭ ގޮތަށް ކޯޑް ލެވެލް ޓެސްޓިންގ ހެދުން.
  5. ބެލެހެއްޓުމަށް ފަސޭހަ، ސްކޭލަބަލް، ކުރިއަށް އޮތްތަނުގައި ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކަށް މަގުފަހިކޮށްދޭ ގޮތައް، ފުރިހަމަ އަދި އެކްސެސިބަލް ޓެކްނިކަލް ޑޮކިއުމަންޓޭޝަން އުފެއްދުން.
  6. ސީނިއަރ ޑިވެލޮޕަރުންގެ ފަރާތުން މެންޓަރޝިޕް ބަލައިގަނެ، އުނގެނުމުގެ ފުރުސަތުތަކުގައި ބައިވެރިވުމާއި، އަމިއްލަ ހުނަރުތައް އިތުރުކޮށް، ޕްރޮޖެކްޓްގެ ނަތީޖާއަށް ފައިދާހުރި ގޮތްތައް ޙިއްޞާކުރުން.
  7. ޑިޕްލޮއިޑް ސިސްޓަމްތަކުގައި ކުރިއަށްދާ މެއިންޓެނަންސް، އަޕްޑޭޓްސް، އަދި ޔޫޒަރ ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމާއި ސިސްޓަމްތަކަށް މިގެންނަ ބަދަލުތަކަކީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދީ އެފިޝަންސީ އިތުރުކުރުމަށް އިސްކަންދީގެން ގެނެވޭ ބަދަލުތަކެއްކަން ކަށަވަރުކުރުން.
  8. ޔުނިޓްގެ ތެރޭގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުންދީ، ޕްރޮޖެކްޓް މަޝްވަރާތަކުގައި ބައިވެރިވެ، ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެހީތެރިވުން.
  9. ސީނިއަރ ޑިވެލޮޕަރުންގެ އިރުޝާދުގެ ދަށުން ޕްރޮޖެކްޓްގެ މަސައްކަތްތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި، ޕްރޮޖެކްޓް ޓައިމްލައިންތަކާއި އެއްގޮތަށް މަސައްކަތްކޮށް، ކޮލިޓީ ސްޓޭންޑަޑްތަށް ދެމެހެއްޓުމަށް އެހީތެރިވެދިނުން.
  10. ޕްރޮޖެކްޓް ޕްލޭން ކުރުމާއި އެގްޒިކުޓް ކުރުމުގައި އެއްބާރުލުން ދިނުމާއި، ޓާސްކް ނިންމުމާއި ޕްރޮޖެކްޓްގެ މައިލްސްޓޯންތައް ހާސިލްކުރުމަށް އެހީތެރިވެދިނުން.
  11. ސީނިއަރ ޑިވެލޮޕަރުންގެ އިރުޝާދުގެ ދަށުން ކަމާގުޅުންހުރި ފަރާތްތަކާ މުޢާމަލާތްކޮށް، އަޕްޓޭޓްތައް ފޯރުކޮށްދީ، ލިބޭ ފީޑްބެކްތަކުގެ މައްޗަށް ބިނާކޮށް މަސައްކަތް ކުރުން.
  12. ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލްގައި ސެކިއުރިޓީ، ޑޭޓާ ޕްރޮޓެކްޝަންގެ އުސޫލުތަކާ، ކަމާބެހޭ މިންގަނޑުތަކާއި އަދި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ބެސްޓް ޕްރެކްޓިސްއަށް ބިނާކޮށް ސިސްޓަމްތައް އުފެއްދުން.
  13. އެންޑް-ޔޫޒަރުންނާއި ސްޓޭކްހޯލްޑަރުންގެ ތަފާތު ބޭނުންތައް ފުއްދައިދޭކަން ކަށަވަރުކޮށް، ޔޫޒަރ ފްރެންޑްލީ އިންޓަރފޭސްތަކާއި ތަޖުރިބާތައް ތަރައްޤީކުރުމަށް އިސްކަންދީގެ ސިސްޓަމްތައް އުފެއްދުން.
  14. ޕްރޮޖެކްޓްގައި ހިމެނޭ ރިސްކްތައް ޕްރޮއެކްޓިވްކޮށް ދެނެގަނެ، އެފެކްޓިވް މިޓިގޭޝަން ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކޮށް، ޕްރޮޖެކްޓްގެ ނަތީޖާއަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރުމަށް މަސައްކަތްކުރުން.
  15. ޑިވެލޮޕްމަންޓް ޕްރޮސެސްތައް ސްޓްރީމްލައިންކޮށް ސޮފްޓްވެއާ ފަންކްޝަނަލިޓީ އިތުރުކުރުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީތަކާއި މެތޮޑޮލޮޖީތައް ހޯދައި އިންޓަގްރޭޓްކުރުން.
  16. ރިސޯސް އޕްޓޮމައިޒްޑް، ބަލަހައްޓަން ފަސޭހަ، ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އެޑެޕްޓޭބަލް، ސްކޭލަބަލް، ދެމެހެއްޓެނިވި ސޮފްޓްވެއާ ޑިޒައިންކޮށް ޑިވަލޮޕް ކުރުމުގެ މަސައްކަތް.
  17. ސިސްޓަމްގެ ޕާފޯމަންސް އަދި އެކްސެސިބިލިޓީ ރައްކާތެރިކުރުމަށް ސިސްޓަމްގައި ދިމާވާ މުހިންމު މައްސަލަތައް ހައްލުކުރުމަށް ކޮންމެ ގަޑިއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދިނުން.
  18. ކަމާ ގުޅުންހުރިފަރާތްތަކާ (ސްޓޭކްހޯލްޑަރސް) ބައްދަލުކޮށް، މަޝްވަރާކޮށް، ޓެކްނޮލޮޖީގެ ފުރުސަތުތަކާއި، ސިސްޓަމް ރިކުއާމަންޓްތައް ދެނެގަތުމަށް އެހީތެރިވެދީ، ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަށް ފުރިހަމަވާނެހެން ފަރުމާކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑީގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  1. އޭ.އައި އެންޑް މެޝިން ލަރނިންގ  
  2. އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް  
  3. އެޕްލައިޑް ޑޭޓާ ސައިންސް އެންޑް ސައިބަރ ސެކިއުރިޓީ  
  4. އާޓިފިޝަލް އިންޓަލިޖެންސް  
  5. އާޓިފިޝަލް އިންޓަލިޖެންސް އެންޑް ރޮބޮޓިކްސް  
  6. އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސަސްޓެއިނަބަލް ޓެކްނޮލޮޖީސް  
  7. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ  
  8. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ އޮޑިޓިންގ  
  9. ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ  
  10. ކޮމްޕިއުޓަރ ސައިންސް  
  11. ކްރިއޭޓިވް ޓެކްނޮލޮޖީ އެންޑް އާޓިފިޝަލް އިންޓެލިޖެންސް.  
  12. ސައިބަރ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ  
  13. ސައިބަރ ސެކިއުރިޓީ  
  14. ސައިބަރ ސެކިއުރިޓީ އެނަލިސިސް  
  15. ސައިބަރ ސެކިއުރިޓީ އެންޑް ޑޭޓާ ގަވަރނަންސް  
  16. ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކްސް  
  17. ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓަލިޖަންސް  
  18. ޑިޖިޓަލް ފޮރެންސިކްސް  
  19. ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  20. އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ  
  21. އިންފޮމޭޝަން ޓެކްނޮލޮޖީ  
  22. މަލްޓިމީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  23. މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ  
  24. ސޮފްޓްވެއަރ އިންޖިނިއަރިންގ  

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޭޕްރީލް 19 އާއި 30 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

14 ޝައްވާލް 1447

02 އޭޕްރިލް 2026
ހޯދާ