މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
ދިވެހިރާއްޖެ
ތ.މަޑިފުށި ކައުންސިލް އިމާރާތުގެ ނުނިމި ހުރި މަސައަކަތްތައް ނިންމުމަށް ބަޔަކު ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ތ.މަޑިފުށި ކައުންސިލް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކު ހޯދުމަށް ކުރިން ކުރެވުނެ  ނަންބަރު (IUL)494-CDS6/494/2026/9 އިޢުލާން ބާތިލް ކުރެވިފައިވާތީ އަލުން އިޢުލާނު ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެއްކަރުދާސް ކޮށްފައި ހުންނާނެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 6 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާ (މާފަތްތަކުރުފާނުމަގު ، ކުރީގެ އެމް.އާރ.ޑީސީ/ ކްރިކެޓް އެކުވެނީ ކުރިމަތި، ކ.މާލެ، 20392، ފޯނު ނަންބަރު: 3027434/3027432) އަށެވެ.  

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 12 އެޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ

 

ބީލަން ހުށަހަޅާނީ 13 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާ (މާފަތްތަކުރުފާނުމަގު ، ކުރީގެ އެމް.އާރ.ޑީސީ/ ކްރިކެޓް އެކުވެނީ ކުރިމަތި، ކ.މާލެ، 20392، ފޯނު ނަންބަރު: 3027434/3027432) އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

 

                              14 ސައްވާލު  1447 ހ.

                              02 އެޕްރީލް 2026 މ.

 

02 އޭޕްރިލް 2026
ހޯދާ