ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 3 ވަނަ ފަންގިފިލާގައިވާ ޗާންސެލަރ ކޮޓަރީ އެތެރޭގައި ޕާޓީޝަން ޖެހުމާއި ފާޙާނާ އަދި ސީލިންއާ ގުޅޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ ނަންބަރު IUL)170-PR/170/2026/60) (31 މާރިޗު 2026) އިޢުލާންގެ މަޢުލޫމާތައް ބަދަލު ގެނައުމާ ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 3 ވަނަ ފަންގިފިލާގައިވާ ޗާންސެލަރ ކޮޓަރީ އެތެރޭގައި ޕާޓީޝަން ޖެހުމާއި ފާޙާނާ އަދި ސީލިންއާ ގުޅޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2026/60) (31 މާރިޗު 2026) އިޢުލާންގެ މަޢުލޫމާތައް ވަނީ ބަދަލު ގެނެވިފައެވެ. ބަދަލު ގެނެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާންއާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި ބަދަލާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އިތުރު ކުރެވިފައެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 12 އޭޕްރިލް 2026 އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 05 އެޕްރިލް 2026ގެ 13:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 13 އޭޕްރިލް 2026ވާ ހޯމަ ދުވަހުގެ 13:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
13 ޝައްވާލް 1447
