ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖައްސާފައިވާ ބިން ހިމެނޭ ސަރަޙައްދު ސާފުކުރުން.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖައްސާފައިވާ ބިން ހިމެނޭ ސަރަޙައްދުގައި ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، އެ ސަރަހައްދުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން 8 އެޕްރީލް 2026 ގެ ކުރިން  ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެތެރޭގައި އެ ސަރަހައްދުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  އަދި މި މަސައްކަތް ކުރާއިރު ދަނޑުބިމަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ބަދަލު ނުދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                      

  

01 އޭޕްރިލް 2026
ހޯދާ