ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ސްކޫލް ސަޕޯޓް އެސިސްޓެންޓް )

މި ސްކޫލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސްކޫލް ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1   

މަޤާމުގެ ނަންބަރު:

J-341897

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމްގެ ރޭންކް:

ޕަބްލިކް ސާރވިސް ރޭންކް 1

މަޤާމުގެ ގިންތި

ދާއިމީ  

މަޤާމްގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފު ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޮޅިވަރަންފަރު ސްކޫލް

މުސާރަ:

7700.00 ( ހަތްހާސް ހަތްސަތޭކަ ރުފިޔާ )

ސާރވިސް އެލަވަންސް:

2310.00 ( ދެހާސް ތިންސަތޭކަ ދިހަ ރުފިޔާ )

ހާޒިރީ އެލަވަންސް:

60.00 ( ފަސްދޮޅަސް ރުފިޔާ ) ހާޒިރީ އެލަވަންސް

އެހެނިހެން އެލަވަންސް:

1.  ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.  ދައުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

6

 

 

 

 

 

 

 

 

 

 

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ހަވާލުކުރެވިފައިވާ ކުލާސްތަށް ކުނިކަހާ މޮޕްއަޅާ، ޑެސްކް އަދި ގޮޑިތައް ފޮހެ ޑަސްބިން އުކާލުން.
  2. ހަވާލުކުރެވިފައިވާ އޮފީސް ފަދަ ރޫމްތަށް ކުނިކަހާ މޮޕްއަޅާ، ޑެސްކް، ކޮމްޕިއުޓަރ، ޕްރިންޓަރ ކަބަޑުތައް އަދި ގޮޑިތައް ފޮހެ ޑަސްބިން އުކާލުން.
  3. ހަވާލުކުރެވިފައިވާ ފާޚާނާއާއި ފާހާނާ ތަށި އަދި މޫނު ދޮންނަ ތަށި ދޮވެ ރަގަޅަށް ސާފުކޮށް، ފާހަނާގައި ހުންނަ ލޯގަނޑުތައް ފޮހެ ޓޮއިލެޓް ޓިޝޫ އަދި ހޭންޑް ވޮޝް ފުޅި ބަހައްޓާ ޑަސްބިން އުކާލުން.
  4. އެމުވައްޒިފަކަށް ހަވާލުކުރެވިފައިވާ ތަންތަން ފޮޅާސާފުކުރުން.
  5. ސްކޫލް ގޯތިތެރޭގައި ހެދިފައިވާ ގަސްތަކުން އޮފިކޮށާ ބެލެހެއްޓުން.
  6. ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ކޫލަރުފަދަ ތަކެތި ދޮވެ، ފެންއަޅާ ސާފުކޮށް ބެލެހެއްޓުން.
  7. ސްކޫލްގެ އިމާރާތްތަކުގައިވާ ބިއްލޫރިތަކާއި ފަންކާތައް އަދި އޭސީތައް ފޮހެ ސާފުކުރުން.
  8. ސްކޫލުގެ ފެންހޮޅި، ފެންހަން އަދި ދިޔަދޮވިތައް ސާފުކުރުމާއި، ފެންވަޅު ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  9. އޮފީހުން އެދިއްޖެ ހާލަތެއްގައި، އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކާއި އިތުރު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  10. އިމާރާތުގެ އެކިތަންތާގައި އެތަނެއެގައި ހުންނަން ނުޖެހޭ ތަކެތި ހުރިކަމުގައިވާނަމަ އެތަކެތި ރައްކާކޮށް ސްކޫލްގެ ގޯތިތެރެއާއި ސްކޫލް އިމާރާތަކީ ކިޔަވާ ކުދިންނާއި މުވައްޒިފުންނާއި އިމާރާތަށް ވަދެނުކުމެ ހަދާފަރާއްތަކަށް ރައްކާތެރި ސާފުތާހިރު މާހައުލަކަށް  ހަދާ ބެލެހެއްޓުން.
  11. ސްކޫލްގެ އިމާރާތުގެ ތެރޭގައި ކުނި ބުނީގެ ގޮތުގައި އެއްކުރެވޭތަކެއްޗާއި ގުދަންކުރެވޭތަކެތީގެ ތެރެއިން އުކާލަންޖެހޭ ތަކެތި އުކާލުން.
  12. ސްކޫލުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު އަދި ސިޑިތައް ކުނިކަހައި ސާފުކުރުމަށް ހަވާލުކުރެވިފައިވާ ބައި ކުނިކަހައި ކުނިތައް ނަގައި ސާފުކުރުން.
  13. ސްކޫލްގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތު ތަކަށް ތަންތައްޔާރުކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  14. ސްކޫލްގެ ގޯތިތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ދަޅު، ފުޅިފަދަ ފެންހަރުލާގޮތަށް ހުންނަތަކެތި ނަގައި މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުން.
  15. ސްކޫލަށް ގެނެވޭ މުދާ، ފެރީ/ ބޯޓުން ސްކޫލަށް ގެނައުމާއި، ގުދަންކޮށް ބެލެހެއްޓުމާއި ސްކޫލުން ފޮނުވަންޖެހޭ މުދާ ފެރީ/ ބޯޓަށް ގެންދިޔުން.
  16. ހެދިފައިވާ ޝެޑިއުލް އާއި ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ޑިއުޓީ އަދާކޮށް ފާޚާނާތައް ބަލަހައްޓާ ފާޚާނާއަށް އަންނަކުދިނަށް އެހީތެރިވެދިނުން.
  17. މީގެ އިތުރުންވެސް ސްކޫލުން ރާވައި ހިންގާ ސްކޫލުގެ ކަންކަމުގައި ސްކޫލުން އަންގާގޮތެއްގެ މަތިން އެހީތެރިވެ ދިނުން.

 

 މަޤާމުގެ ޝަރުތުތައް:

  • ލިޔަން ކިޔަން އެނގުން.

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަސައްކަތުގެދާއިރާ: 

  • ފޮޅާ ސާފުކުރުން

ތަޢުލީމީ ރޮގުތައް:

 

  • ނެތް

ޕްރެފަރޑް ޑިސިޕްލިންތައް:

 

  • ނެތް

ކޯރ ޑިސިޕްލިންތައް:

 

  • ނެތް  

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ސްކޫލް އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.doc

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • ·        މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
  •               މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލް 9 ވަނަ ދުވަހުގެ 12:00ގެ ކުރިން،  ނޮޅިވަރަންފަރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް  ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • ·        ޝޯޓް ލިސްޓްކުރުން:

  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 އެސެސްމަންޓްއަދިއިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެތަނާއި، މުއްދަތު:

      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 2026 އެޕްރީލް 15 އާއި 20 އާއި ދެމެދު، ނޮޅިވަރަންފަރު ސްކޫލްގައެވެ. 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520535 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  https://www.csc.gov.mv/Policy/Index/86 އިން ލިބެން ހުންނާނެއެވެ.

 

01 އޭޕްރިލް 2026
ހޯދާ