ދިވެހިރާއްޖެ
އިޢުލާން
މިލްކުވެރިކަން:
މިދަންނަވާ ތަކެއްޗާ ތަންތަނުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއްވާނަމަ، 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އެންގެވުން އެދެމެވެ.
ރާއްޖެތެރޭގައި މީހުންއުޅޭ ރަށްރަށުން ސަރުކާރުގެ އެކިފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކާގުޅޭ:
1- މާލެއަތޮޅު އަތޮޅު ކުރިއަރުވާ ކޮމިޓީ އަށް (މާލެއަތޮޅު އަތޮޅުކުރިއަރުވާ ކޮމިޓީ އާމްދަނީ އިތުރުމަށްޓަކައި ކ.ތުލުސްދޫ ގައި ލޮނުމަސްރައްކާކޮށް އެކްސްޕޯޓްކުރާ ގުދަނެއް ހެދުމަށް.) ދޫކޮށްފައިވާ ބަންޑާރަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް. (ރަޖިސްޓްރީ ނަންބަރު: 2006/H-4/91)
2- މާލެއަތޮޅު އަތޮޅު ކުރިއަރުވާ ކޮމިޓީ އަށް ( ބުކުޝޮޕެއް ޢިމާރާތް ކުރުމަށް.) ދޫކޮށްފައިވާ ބަންޑާރަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް. (ރަޖިސްޓްރީ ނަންބަރު: 2000/H-4/43)
3- މާލެއަތޮޅު އަތޮޅު ކުރިއަރުވާ ކޮމިޓީ އަށް ( މާލެއަތޮޅު ތުލުސްދޫގައި އަތޮޅުކޮމިޓީގެ އިދާރީ މަރުކަޒެއް ހެދުމަށް.) ދޫކޮށްފައިވާ ބަންޑާރަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް. (ރަޖިސްޓްރީ ނަންބަރު: H-B/H/2007/01)
4- މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ( މާލެއަތޮޅު އަތޮޅުގެ އާޢިމަރާތް އެޅުމަށް) ދޫކޮށްފައިވާ ބަންޑާރަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް. (ރަޖިސްޓްރީ ނަންބަރު: B-2011/16)
13 ޝައްވާލް 1447
01 އޭޕްރިލް 2026
