ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ބައު ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީ.ބްލޮކް ( ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ/ 5 ވަނަ ފަންގިފިލާގައި 14 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 13 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީ.ބްލޮކް (ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ/ 5 ވަނަ ފުލޯ) އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 14 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އީ.ބްލޮކަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި ޔުނިވަރސިޓީއަށް ނެގުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކ.މާލެ، ދިވެހިރާއްޖެ ފޯން: 3345396 އީ-މެއިލް: [email protected] |
01 އެޕްރީލް 2026
