ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޝަންސް އޮފިސަރ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އޮޕަރޭޝަންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

ޢިނާޔަތްތައް

-/12،000 ރުފިޔާއާއި -/17،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  1. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ވޭސްޓް  މެނޭޖްމަންޓާ  ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ވޭސްޓް  މެނޭޖްމަންޓާ  ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ވޭސްޓް  މެނޭޖްމަންޓާ  ގުޅުންހުރި ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މާލޭގެ ކުނި މެނޭޖްކުރުމަށް ހިންގާ އެންމެހައި މަސައްކަތްތައް ހިނގާ ސައިޓްތަކަށް ގޮސް މަސައްކަތްތައް ހިނގާ ނުހިނގާތޮތް ގާތުން  ބަލައި ސުޕަވައިޒްކުރުން.
  2. ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޑިއުޓީ ތާވަލު ތައްޔާރުކޮށް، ތާވަލާ އެއްގޮތަށް މަސައްކަތްތައް ދޭތޯ ބެލުން.
  3. ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން.
  4. ކޯޕަރޭޝަންގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ މަސައްކަތްތަކަށް ބޭނުންވާ ރިޕޯޓުތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން.
  5. އޮފީހުން ރާވައިގެން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި

  • އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ކޯޕަރޭޝަންގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.

ސުންގަޑި

2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން  ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުން.

އިންޓަވިއު

  • އިންޓަވިއުއާއި އިމްތިޙާންކުރުން 27 ޑިސެންބަރު 2015 އާއި 31 ޑިސެންބަރު 2015 އާ ދޭތެރޭގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިއު ކުރެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަންގެ ނަންބަރު 3000584 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ރަބީއުލްއައްޥަލް 1437

17 ޑިސެންބަރު 2015
ހޯދާ