|
ވަގުތީ ގޮތުން މަސައްކަތުކޮށްދޭނެ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުން
|
|
މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ނެންގެވުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތްކުރާނެ ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.
|
|
މަޤާމު:
|
ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓު
|
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ ( 1 އަހަރު )
|
|
މަސައްކަތުގެ ޝަރުޠު:
|
ލިޔަން ކިޔަން އެގުން
|
|
މަސައްކަތުގެ އުޖޫރަ:
|
- ދުވާލަކަށް 240 ރުފިޔާ ގެ ރޭޓުން
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
- ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް، ނަމާދުކުރެވޭ ގޮތަށް މިސްކިތް ސާފުކުރުން.
- ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އިސްކުރުތައް ޤަވާއިދުން ޗެކުކުރުމާއި އެކު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުމާ، ވިނަނޮޅުމާ، ކުނިއުކާލުމުގެ މަސައްކަތްކުރުން.
- ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ދޮރުތަކާއި، ހޮޅިބުރި، ފަންކާ، އޭސީ އަދި ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ފަންކާތަކާއި ހޮޅިބުރިތަކާއި ބޮކިތައް ދިއްލާ ނިއްވުން. އަދި ހަމަޖައްސާފައި އޮންނަ އުޞޫލަކުން އެއަރކޯން ޖެއްސުމާއި ނިއްވުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ސުޕަވައިޒަރަށް އަންގަމުން ގެންދިއުން.
- ސްޕަވައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މަނާސަބަތްތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ފުރިހަމަޔަށް އެއްބާރުލުން ދިނުން.
- ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
- މިސްކިތްތަކުގެ ވަޅުތައް ދިޔަ ހިއްކާ ސާފުކޮށް ބެލެހެއްޓުން އަދި މިސްކިތުގެ އެތެރޭގެ ދިއްލުންތަކާ އެހެނިހެންތަކެތި ފޮޅާ ސާފުކުރުމާއި، އޭސީތަކުގެ ފިލްޓަރ ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ފާރުތަކާއި ސީލިންގް ފޮޅައި ސާފުކުރުމާއި ދިޔަދޮވި އަދި ފުރާޅު ސާފުކުރުން.
- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
- ަށުގެ އެކި ސަރަހައްދުތައް ފެހިކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒާރ އިރުޝާދު ދޭގޮތުގެ މަތިން ކުރުމާއި ގަސްތަކަށް ފެނާއި ކާނާދިނުމާއި ބޭސްޖަހަންޖެހޭ ގަސްތަކަށް ބޭސް ޖެހުން.
- ރަށުގެ އެކި ސަރަހައްދުތަކާއި އަތިރިމައްޗާއި ގޮނޑުދޮށް ހިމެނޭހެން ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ކުޅިވަރު ޕާރކުތަކާއި ބަނދަރުމައްޗާއި އިޖުތިމާޢީ ސަރަޙައްދުތަކާއި ގްރީން އޭރިޔާތައް ކުނިކަހައި ވިނަނޮޅައި ސާފުކުރުމާއި ވިން ހައްދަންޖެހޭ ތަންތަނުގައި ވިނަ ހައްދާ އެއްވަރުކޮށް ކޮށައި ސާފުކޮށް ބެލެހެއްޓުމާއި ކަނޑާލަން ކޮންމެހެން ޖެހޭ ރުއްގަސް ކަނޑައި ރުއްގަސް ޤަވާޢިދުން ސާފުކޮށް ބެލެހެއްޓުމާއި، އެކި ސަރަހައްދުތަކުން ނެގޭ ކުނި ޖަމާކުރަން ކަނޑައަޅާފައި އޮންނަ ތަންތަނަށް ޖަމާކުރުން.
- ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން ބަލަހައްޓާ ޢިމާރާތްތަކުގެ ސިޑިބަރިތަކާއި ވައިގޮޅި އަދި ކޮމަން އޭރިޔާތައް ކުނިކަހައި ފޮޅާ ސާފުކުރުން.
- ތިނަދޫ ސިޓީގެ ބަނދަރު ސަރަޙައްދު ބޭނުން ކުރުމާއި ބެހޭގޮތުން ކައުންސިލުން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ބަނދަރު ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ބަނދަރު ބޭނުންކުރަމުންދޭތޯ ބެލުމަށް ބަނދަރު ގައި ޑިއުޓީ ކުރުން
- ބަނދަރު ބޭނުންކުރުމުގެ އުޞޫލާއި ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓް ކުރުން.
19. ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި ތިނަދޫ ސިޓީ މިއުޒިއަމް ޕާކު ވަށައިގެންވާ މަގުތައް ރަނގަޅަށް ބެލެހެއްޓުން.
20. ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއާއި މިއުޒިއަމް ޕާކު ވަށައިގެން ހައްދާފައިވާ ގަސްތަކަށް ޤަވާއިދުން ފެންދީ ބެލެހެއްޓުން.
21. ތިނަދޫ ސިޓީގެ ފަޅުގެ ސަރަޙައްދުން ދޮންވެލި ނެގުމާއި ދޮންވެލި ވިއްކުމާއިބެހޭ ކަންތައްތައް ބެލެހެއްޓުން.
|
|
މަޤާމުގެ ޝަރުތު ތައް
|
ލިޔަން، ކިޔަން އެގުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ:
- ޕޮލިސް ރިޕޯޓް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުން (50%)
- އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (5%)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (5%)
- އިމްތިޙާނު އަދި އިންޓަވިއު (40%)
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2026 ގެ 13:30 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 08 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު (އެސެސްމަންޓް،އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،11 އޭޕްރީލް 2026 އާއި 15 އޭޕްރީލް 2026 އާއި ދެމެދު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގައެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841718 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|