މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގެ އިދާރީ އޮފީސް ހުޅުވުމާއި ގުޅޭ

          01 އެޕްރީލް 2026 އިން ފެށިގެން ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގެ އިދާރީ އޮފީސް ހުޅުވުމުގެ ތާވަލަށް ގެނެވިފައިވާ ބަދަލުތައް ތިރީގައި މި ދަންނަވަނީއެވެ.

 

ދުވަސް

ސްލިޕް ހެއްދުމުގު ޚިދުމަތް ލިބޭ ގަޑިތައް

އާދީއްތަ

08:00 އިން 10:00 އަށް

އަދި

11:00 އިން 14:00 އަށް

ހޯމަ

އަންގާރަ

ބުދަ

ބުރާސްފަތި

ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް

އިދާރީ އޮފީސް ބަންދު

 

          އަދި މިދުވަސްތަކުގައި ގޭޓް ފީ ސްލިޕް ހައްދާފައި ވާނަމަ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހުޅުވިފައި ހުންނަ ވަގުތުތަކުގައި ކުނި އެޅޭނެކަމުގައި ދެންނެވީމެވެ.

          ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

31 މާރިޗު 2026
ހޯދާ