ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫއާއި ގުޅޭ.

              ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ އާއި ގއ.ނިލަންދޫ ކައުންސިލް އިދާރާ ގުޅިގެން "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫއު" ގެ މަސައްކަތް ފަށައިގަތުމަށް ގޮތުން، މި މަސައްކަތުގެ ތަމްރީނު ދިނުމަށް އަދި މި މަސައްކަތުގައި އުޅެން ޝައުޤުވެރިކަން ހުރި،  10 ބައިވެރިން ބޭނުންވެއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ގއ.ނިލަންދޫގެ ހުރިހާ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، މިކަމަށް ޝައުޤުވެރިކަން ހުރި މީހުންނަށް އަދި ޒުވާނުންނަށްވެސް ހުޅުވާލެވިފައިވެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތަކުން 06 އެޕްރީލް 2025 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ގއ.ނިލަންދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ ނިހާ އަހްމަދަށް ( ފޯން : 7247798) ގުޅައިގެން ނުވަތަ މެސެޖްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މި އިއުލާނާއެކު މި މަޝްރޫއާއި ގުޅޭ މައުލޫމާތު ހިނެމޭ ކަރުދާސް އެއްހީރަސް ކުރެވިފައިވާނެއެވެ.

         މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

                    12     ޝައްވާލު    1447

31 މާރިޗު 2026
ހޯދާ