ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިމާކް ނީލަމުގައި ވިއްކާލުން.

                                                   ނަންބަރ: 258/258/2026/16 (IUL)    

އިޢުލާން

    

ހައިމާކް ނީލަމުގައި ވިއްކާލުން.

            މި ކައުންސިލްގެ ރަޖސިޓްރީ ނަންބަރު: V1A2262 (މޮޑެލް ROBEX80-7) ހައިމާކު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަމާއި ގުޅޭ އިތުރު މައުލޫމާތު.

  • ހައިމާކް ރަޖިސްޓްރީ ނަންބަރު: V1A2262
  • ނީލަން ފެށޭ އަގު: 150,000/- (އެއްލައްކަ ފަންސާސްހާސް ރުފިޔާ) .
  • އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގު 5,000/- (ފަސްހާސް ރުރިޔާ) .
  • ނީލަން ފެށޭ ތާރީޚް: 31 މާރޗް 2026
  • ނީލަމުގައި އަގުހުށަހަޅާ ފަރާތްތަކުން ހުށަހަޅާއަގު ވިދިވިދިގެން ރަސްމީ ތިންދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
  • ނީލަމުން ހައިމާކު ނެގި ފަރާތުން ރަސްމީ (3) ތިންދުވަހުގެ ތެރޭގައި އަގު އަދާކުރުމަށްފަހު، ރަސްމީ 15 ދުވަހުގެ ތެރޭގައި ނީލަން ނެގި ފަރާތުން ހައިމާކު ގެންދަން ވާނެއެވެ. 
  • ހައިމާކު ނީލަން ގިނަވެގެން ދެމިއޮންނާނީ 2026 އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ހައިމާކު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން ހައިމާކު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.
  • ހައިމާކު ނީލަމުގައި ހުށަހެޅޭ އަގު އެދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްތަކައި ޢިޢުލާން ކުރީމެވެ.

12 ޝަޢުބާން  1447

31  މާރިޗް   2026

31 މާރިޗު 2026
ހޯދާ