ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 07 އޭޕްރިލް 2026 އިން 12 އޭޕްރިލް 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ސީނިއަރ މިކްސްޓީމް ޗެމްޕިއަންޝިޕް" މުބާރާތަކީ 40 އަހަރުން މަތީގެ ފިރިހެން ކުޅުންތެރިންނަށާއި 35 އަހަރުން މަތީގެ އަންހެން ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މިކްސް ޓީމް މުބާރާތެކެވެ.
މި މުބާރާތުގެ ޓީމް ލިސްޓްގައި ކުޅުންތެރިން ހިމެނޭނީ ބީ.ޑަބްލިއު.އެފް ގެ ޤަވާޢިދުގައިވެސް ސީނިއަރ އިވެންޓްތަކުގައި އުމުރުފުރާ ބަލާ އުޞޫލުގައި "ޓީމެއްގައި ނުވަތަ އިވެންޓެއްގައި ހިމެނޭ ކުޅުންތެރިން ބަޔާންކޮށްފައިވާ އުމުރު އެމުބާރާތެއް ބޭއްވޭ އަހަރުގެ 1 ޖަނަވަރީ" އަށް ފުރިފައިވާން ޖެހޭނެކަން އޮތުމުން އެއްވެސް ޓީމް އެއްގައި މި ނޫން އުމުރެއްގެ ކުޅުންތެރިއެއް ހިމެނިފައިވާނަމަ މުބާރާތުގެ ޑްރޯމީޓިންގ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ކަމުގައިވާ 6 އޭޕްރިލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހިމެނިފައިވާ ކުޅުންތެރިންގެ ބަދަލުގައި ނަން ހިމެނުމަށް އަދި ލިސްޓްގައި އިތުރަށް ކުޅުންތެރިއެއް ނުވަތަ އަދަދު ހަމަކުރުމަށް އުނި އިތުރެއް ގެންނަން ބޭނުންނަމަވެސް ފުރުޞަތު ދެވިފައިވާކަން ދަންނަވަމެވެ.
މުބާރާތް ކުޅެވޭ ޝަޓްލް ބްރޭނޑް: RSL Practice / RSL Ace (77)
މުބާރާތުގެ ޑްރޯ އަދި މެނޭޖަރސް މީޓިންގ:
- މުބާރާތުގެ ޑްރޯ (ގްރޫޕްތައް ތަރުތީބު ކުރެވިފައިވާގޮތް)06 އޭޕްރިލް 2026.
- މެނޭޖަރސް މީޓިންގ އޮންނާނީ 06 އޭޕްރިލް 2026 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި.
- · މިބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ މެނޭޖަރުން އަދި ކޯޗުން ޙާޒިރުވާން ވާނެއެވެ.
މުބާރާތުގެ ރެފްރީ: އަލީ އަބްދުލް ކަރީމް ޑެޕިއުޓީ ރެފްރީ : ސިޔާދު ހަބީބް / އަހްމަދު ފިރާޤް
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
