އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް

މަޤާމު:

ސީނިއަރ ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް

މަޤާމުގެ ނަންބަރު:

LSA4-2026-5

ބޭނުންވާ އަދަދު:

01

މަޤާމުގެ ބާވަތް:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

4

މަޤާމުގެ ކްލެސިފިކޭޝަން:

ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

-/8,190 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2,455 ރުފިޔާ

ހާޒިރީ އެލަވަންސް:

-/65 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ  'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމައްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ؛

2. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުގެ ޕަރސަނަލް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތަކުގެ ތެރެއިން، މުވައްޒުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް، މުވައްޒަފުންގެ ރެކޯޑްތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ހާޒިރީއާއި މުސާރައާ ގުޅުންހުރި އެންމެހައި މަސައްކަތެއް ކުރުން.
  2. އޮފީހުގެ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި އޮފީހަށް ލިބޭ ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތަކާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އޮފީހުން އިންތިޒާމްކުރާ ކުރު މުއްދަތުގެ ތަމްރީންތައް ހިންގުމުގެ އެންމެހައި އިދާރީ އިންތިޒާމްތަކެއް ހަމަޖެއްސުން.
  3. މުވައްޒަފުން ވަޒީފާއިން ވީއްލުމާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތެއް ކުރުމާއި، ޚިދުމަތުގެ މެދުކެނޑޭ މުވައްޒަފުންގެ ޗުއްޓީތައް ގުޅުވުމާއި ވަޒީފާއަށް އެނބުރި ނެރުމުގެ އެންމެހައި އިދާރީ އިންތިޒާމެއް ހަމަޖެއްސުން.
  4. އޮފީހުގެ ހިއުމަން ރިސޯސް ކޮމިޓީގެ ސެކްރެޓޭރިއަޓު ބެލެހެއްޓުން.
  5. އޮފީހުގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި މަސައްކަތް ކުރުން.
  6. ސެކްޝަނަށް ލިބޭ ސިޓީ އާއި ލިޔެކިޔުންތަކާއި އެންމެހައި އެންޓްރީތައް ބަލައިގަތުމާއި، ފޯން ކޯލްތަކަށް ޖަވާބުދިނުމާއި ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ އަދި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  7. ދުވަހު ޔައުމިއްޔާ ތައްޔާރުކުރުމާއި އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  8. މިނޫންވެސް އޮފީހުން އަންގާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް. (އެޓެސްޓްކޮށްފައި).  
  4. އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ (އެޓެސްޓްކޮށްފައި).  
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  • ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ މަޤާމާއި ރޭންކް، ކްލެސިފިކޭޝަން، ލިބޭ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އުވާލާފައިވާ އިދާރާއެއްނަމަ، މި އޮފީހުގެ ވެބްސައިޓުގައި "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމު"، އެ އިދާރާއަކަށް ނިސްބަތްވާ އިސްވެރިއެއް މެދުވެރިކޮށް ފުރިހަމަކުރުމަށް.

7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]  އަށެވެ.
  • އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ އޭޕްރީލް މަސް ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް              https://agoffice.gov.mv/dv/publications?category=26އިން ލިބެން ހުންނާނެއެވެ.
30 މާރިޗު 2026
ހޯދާ