ދިވެހިރާއްޖެ
ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު " ބ.ގޮއިދޫ ކައުންސިލް ވޮލީބޯލް ޗެލެންޖް 2026 " ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ވޮލީ ކޯޓުގައެވެ. މިއީ ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން، ގޮއިދޫގެ ކުޅުންތެރިންނަށް އަމާޒުކޮށް ބާއްވާ ވޮލީ މުބާރާތެކެވެ. ޓީމުތަކުގައި ހިމެނޭނީ މިހާރު ކައުންސިލުން ބަހާފައިވާ ކުޅުންތެރިންނާއި، ރަށުން ބޭރު 2 ކުޅުންތެރިންނެވެ. އަންހެން ޑިވިޝަން ގައި ގައުމީ ޓީމްގެ ކުޅުންތެރިން ހިމެނިދާނެއެވެ. އެހެންނަމަވެސް ފިރިހެން ޑިވިޝަންގައި ރަށުން ބޭރު 2 ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ 1 ކުޅުންތެރިޔަކު ހިމެނިދާނެއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 20000(ވިހިހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓީމް ލިސްޓް 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޓީމް ލިސްޓްހުށަހަޅާ ފޯރމް އަދި ގަވާއިދު 31 މާރޗް 2026 އިންފެށިގެން މިކައުންސިލްއިން ލިބެންހުންނާނެއެވެ.
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.
