ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިވަންތަކަމުގެ ސިފަތަކާއި ހަނދާންތައް  ގެއްލެމުން ދާތީ، އެ ހަނދާންތައް ރިކޯޑްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގާބިލުކަން އައު ޖީލުގެ ކިބައިގައި އަށަގަންނަވައި، ދިވެހީންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަޤާފަތް އިއާދަކުރުމަށްޓަކައި ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުން އިސް ނަންގަވައިގެން "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "ދޫދޫމަތީ ހަނދާންތައް އެއްކުރުމުގެ ތަމްރީން ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ރަށަކުން 10 ބައިވެރިންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ ކިއު.އާރް ކޯޑް ސްކޭން ކުރައްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި މި ތަމްރީން ޕޮރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://forms.office.com/r/WvTG7HZpcR

އިތުރު މަޢުލޫމާތު:https://shorturl.at/zpgGt

30 މާރިޗު 2026
ހޯދާ