ދިވެހިރާއްޖެ
މި ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި، މި ރަށުގައި ދުއްވާ އިންޖީނުލީ އަދި އިންޖީނުނުލާ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ.
އެހެންކަމުން މިހާރު މި ރަށުގައި ދުއްވުމަށް ބޭނުންކުރެވެމުންދާ އިންޖީނުލީ އަދި އިންޖީނުނުލާ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތު 09 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހިއްސާކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ހިއްސާކުރައްވާނީ މި އިޢުލާނާ އެކު ޢާންމުކޮށްފައިވާ ފޯމު ފުރިހަމަކުރައްވާ މި އިދާރާއަށް ފޯމު ހުށަހަޅުއްވައިގެންނެވެ. ފޯމު އީމެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ. މި ކަމާގުޅޭގޮތުން އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6540686 ފޯނާ ގުޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.
