|
ގއ.އަތޮޅު ތައުލީމީ މަރުކަޒު
ގއ.ވިލިނގިލި
ޕްރޮކިއުމަންޓް ނަންބަރު :MISC-1069-C /2026/04
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒިފުންނަށާއި، ދަރިވަރުންނަށް ކެންޓީން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:
- ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒިފުންނަށާއި، ދަރިވަރުންނަށް ކެންޓީން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން (IUL-1069/C/2026/11 ) އާއި ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު މަދު ކަމަށް ފެންނާތީވެ އެ އިއުލާން ބާތިލުކޮށް، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 މާރިޗު 29 ން 2026 އޭޕްރިލް 01 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޭޕްރިލް 02 ވަނަ ދުވަހުގެ 11:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތްކުރާ ސައިޓްތައް ދެއްކުން އޮންނާނެއެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރިލް 06 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރިލް 07 ވަނަ ދުވަހުގެ 11:30 ގައިގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު
ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.
ފޯން: 6820029
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
10 ޝައްވާލް 1447
29 މާރިޗު 2026
|