އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތް ލެބަށް ބޭނުންވާ މޮޑިއުލާ ކެތެޓަރ އަދި ކޮންޒިއުމަބަލްސް ރައްކާކޮށް ބެހެއްޓުމަށް 2 މޮޑިއުލާ ކެބިނެޓް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތް ލެބަށް ބޭނުންވާ މޮޑިއުލާ ކެތެޓަރ އަދި ކޮންޒިއުމަބަލްސް ރައްކާކޮށް ބެހެއްޓުމަށް 2 މޮޑިއުލާ ކެބިނެޓް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރ: (IUL)AEH/AEH/2026/02 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ މި ދެންނެވުނު އިޢުލާން ބާޠިލްކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 29‏ މާރޗް‏ 2026‏ ، އާދީއްތަ އިން ފެށިގެން ‏ 05‏ އޭޕްރިލް‏ 2026‏ ، އާދީއްތަ ވާ ދުވަހުގެ 13:00އަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 05‏ އޭޕްރިލް‏ 2026‏ ، އާދީއްތަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 09‏ އޭޕްރިލް‏ 2026‏ ، ބުރާސްފަތި ވަނަ ދުވަހުގެ 00:10 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

https://forms.office.com/r/T1tDUZd6JS

29 މާރިޗު 2026
ހޯދާ