ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންނަށް ބޭނުންވާ ހަދިޔާ ގަތުމަށް
- މިސްކޫލްގެ ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ހަދިޔާ ތައްޔާރުކުރުމަށް ބޭނުންވާތީ މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 މާރޗް 28 އިން 2026 މާރޗް 30 ގެނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑްރަޖިސްޓްރީފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަމާގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
"ބިޑްރަޖިސްޓްރީފޯމް" ގެލިންކު:
https://docs.google.com/forms/d/1Xr08RIgOXIlDyB7VoqrOF1l-3BKKfJWd4OWec7LKg4c/edit
މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރީލް 02ވަނަދުވަހުގެ 10:00 ގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 މާރޗް 2026 ވަނަ ދުވަހުގެ ހެނދުނު 10.00 ގައި ޢިމާދުއްދީން ސްކޫލްގައެވެ. ބީލަންހުށައެޅޭނީ މައުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރީލް 05 ވަނަދުވަހުގެހެނދުނު 10:00 ގައިޢިމާދުއްދީން ސްކޫލްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، ގަލޮޅު
މާލެ، ދިވެހިރާއްޖެ.
ފޯން: 3315765
އީ-މެއިލް: [email protected]
ކޮޕީ-މެއިލް:[email protected]
28 މާރިޗު 2026
ހޯދާ
