ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކުމާއި ގުޅޭ

ގދ.ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކުމާއި ގުޅޭ:

            ގދ.ގައްދޫ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ޒޯން C  ގައި ހިމެނޭ 8 ބިމާއި ޒޯން B ގައި ހިމެނޭ 1  ބިމެއް އިތުރުން  ޒޯން A ގައި ހިމެނޭ 2 ބިން ބީލަން އުޞޫލުން ވިއްކުމަށް ހުޅުވާލަމެވެ.

#

ޒޯން

ލޮޓް ނަންބަރު

ބާވަތް / ލޮކޭޝަން

އަކަފޫޓު

1

A

A-030

ކެންނާރި ގެއާއި އިންވެގެން ހުޅަނގަށް އޮތް ހުސްބިމުން

1211

2

A

A-031

ގދ.ގައްދޫ ޒަމާނީ ހައުސް ގޯއްޗާއި އިންވެގެން ހުޅަނގަށް އޮތް ހުސްބިން

451.08 

3

B

B-010

ގދ.ގައްދޫ ނީރުވީކު ދެކުނުބައި ގޯއްޗާއި އިންވެގެން ހުޅަނގަށް އޮތް ހުސްބިން

455.00

4

C

C-002

ގދ.ގައްދޫ ފެހިވިނަ ގޯއްޗާއި އިން އިންވެގެން ދެކުނަށް އޮތް ހުސްބިން

1813

5

C

C-003

ގދ.ގައްދޫ ފެހިވިނަ ގޯއްޗާއި އިން އިންވެގެން އިރަށް އޮތް ހުސްބިން

830

6

C

C-008

ގދ.ގައްދޫ ކޮކާހަދުވަރީ ގޯއްޗާއި އިން އިރަށް އޮތް ހުސްބިން

2122

7

C

C-009

ގދ.ގައްދޫ އެއްފަސް ގޯއްޗާއި އިންވެގެން އިރަށް އޮތް ހުސްބިން

2376

8

C

C-010

ގދ.ގައްދޫ ރަމްޒު ގޯއްޗާއި އިންވެގެން އިރަށް އޮތް ހުސްބިން

715

9

C

C-011

ގދ ގައްދޫ އިރުމަތީހައުސް ގެއާއި އިންވެގެން އިރަށް އޮތް ހުސްބިމުން

1963

10

C

C-012

ގދ.ގައްދޫ ކުރިގޯއްޗާއި އިންވެގެން އިރަށް އޮތް ހުސްބިން

2680.03

11

C

C-013

ގދ.ގައްދޫ ޖައްވު ގެއާއި އިންވެގެން އިރަށް އޮތް ހުސްބިމުން

2000

 

  • ބީލަން އުޞޫލުން ބިން ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50 (ފަންސާސް) ރުފިޔާއެވެ.

 

 

 

 

 

ބިޑްގައި ރަޖިސްޓްރީ ވުމާއި ބިޑް ހުށަހެޅުން

ތަފްސީލް

ތާރީޚް އަދި ގަޑި

އިތުރު މަޢުލޫމާތު

ބިޑް ރަޖިސްޓްރޭޝަން

26 މާރޗް 2026 އާއި 02 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

- ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ހުށަހެޅުން.

- ބިޑް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/500ރ ގެ ފީއެއް (ނޮން ރިފަންޑަބަލް) ދައްކަންޖެހޭނެއެވެ.

 

ބިޑް ހުށަހެޅުން

12 އެޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ 13:00

- ބިޑް ހުށަހެޅުމުގެ 1 ގަޑިއިރު ކުރިން ބިޑް ސެކިއުރިޓީގެ ގޮތުގެ ބިޑް ހުށަހަޅާ ޖުމްލަ އަގުގެ 20% އަށްވާ ފައިސާ ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ. (ބީލަމުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.)

 

މާކްސް ދޭނެގޮތް:

ދާއިރާ

ޕަސެންޓް

އަގު

އަގު އަދާކުރާ ގޮތް

އެއްފަހަރާ ފައިސާ ދެއްކުން

50%

ދެ ޕޭމަންޓް

ފުރަތަމަ ޕޭމަންޓް ޖުމްލަ އަގުގެ %60 އިން މަތިނަމަ

30%

ފުރަތަމަ ޕޭމަންޓް ޖުމްލަ އަގުގެ %60 އަށްވުރެ ދަށްނަމަ

20%

 

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

#

ހުށަހަޅާ ލިޔުމުގެ ތަފްސީލް

1

ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކުމާއި ގުޅޭ ބީލަން ފޯރމް

2

ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމް

3

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ ކާޑަކަށް ވާންޖެހޭނެއެވެ.)

4

ވިޔަފާރިއަކުން ހުށަހަޅާނަމަ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ (ކޮޕީ އަކީ އަސްލާއި އެއްގޮތް ކޮޕީއެއްކަން ސާބިތުކުރުމަށް، އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައި އޮންނަން ވާނެއެވެ.)

 

މިބީލަމާއިގުޅޭ މަޢުލޫމާތު މިޢިއުލާނާއިއެކު ހީރަސްކޮށްފައިވާ އުޞޫލު ނަންބަރ: (DIR)419/419/2025/02 (ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތައް އެކިއެކި ބޭނުންތަކަށް، ވިއްކުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު) ގައި ހިމަނާފައިވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 7905301 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 މާރޗް 2026 ވާ ބުރާސްފަތި ދުވަހާއި 02 އެޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު ބިޑް ރަޖިސްޓްރީ ވުމަށްފަހު، 12 އެޕްރީލް 2026 ވާ އަދީއްތަ ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

26 މާރިޗު 2026
ހޯދާ