ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- Trouser
- T-Shirt / Security T- Shirt / Dress T-Shirt
- Shawl
- Socks
- Caps
- Raincoat
- Helmet
- Traffic Jacket
- Overalls
- Gumboots
ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
- ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.
ބީލަމުގައި ބައިވެރިވެވޭނީ ރެޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ލިންކް Bidder Registration މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ރެޖިސްޓްރީވެވޭނެއެވެ. ބީލަމުގައި ބައިވެރިވެރިވުމައް ރެޖިސްޓްރީ ވެވޭނީ 26 މާރޗް 2026 އިން 31 މާރޗް 2026 ގެ ނިޔަލަށެވެ.މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 01 އޭޕްރިލް 2026 ވާ ދުވަހުގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
|
މައުލޫމާތު ސާފުކުރުން |
01 އޭޕްރިލް 2026 |
11:00 |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
|
އަގު ހުށައެޅުން |
07 އެޕްރީލް 2026 |
11:00 |
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ |
ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 5،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް އަދި ލެޓަރ ނުވަތަ އިންޝުއަރެންސް ކުންފުނިތަކުގެ ގެރެންޓީ ލެޓަރ އެވެ.
ޓެންޑަރ އެންޑް ކޮންޓްރެކްޓްސް
