މާލެއަތޮޅު ގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުރައިދޫ ސްކޫލްގެ ކާޕެންޓްރީ ކުލާސް އަދި ފަހާކުލާސް ހެދުން
ގުރައިދޫ ސްކޫލްގެ ކާޕެންޓްރީ ކުލާސް އަދި ފަހާކުލާސް ހެދުން
- މިސްކޫލުގެ ކާޕެންޓްރީ ކުލާސް އަދި ފަހާކުލާސް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޭޕްރީލް 02 ވަނަ ދުވަހު މެންދުރު 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބީލަމުގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސިސްޓަމަށް ދިމާވާ މައްސަލައަކާ ގުޅިގެން ރަޖިސްޓްރީ ނުކުރެވޭނަމަ، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަމްބަރުގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް ހުށަހެޅުމުން އެފަރާތެއް ރަޖިސްޓްރީކޮށްދެވޭނެއެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.gle/43EoceC1Rzhz9B469
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރީލް 07 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރީލް 09 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ގުރައިދޫ ސްކޫލް
ކ.ގުރައިދޫ
ފޯން: 9929946
އީ-މެއިލް: [email protected]
26 މާރިޗު 2026
ހޯދާ
