އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓްރީކުރުމާގުޅޭ

އިޢުލާން

ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓްރީކުރުމާގުޅޭ

     އދ.ދިގުރަށުގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ހޯދުމަށް ބައެއް ފަރާތްތަކުން އެދެމުން ދިއުމާއި، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރަށު ފަތުރުވެރިކަމުގެ ނަފާ އިތުރު ފަރާތްތަކަށް ލިބުމަށް މަގުފަހިވާނެ ކަމަކަށްވާތީ އދ.ދިގުރަށަކީ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ރަށެއްގޮތުގައި ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

     މިގޮތުން ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ކަނޑައަޅާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ތަން ނިންމައި، އެކަމަށް އެދޭ ފޯމު ފުރައި، ލިޔުންތައް ހަމަކޮށް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ. އެގޮތުން ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 01 ކޮޓަރި އަދި ގިނަވެގެން 05 ކޮޓަރީގެ ތަންތަނެވެ.

     ވީމާ، މިރަށުގައި ފަތުރުވެރިން ބައިތިއްބާ ހުރިހާ ތަންތަން 01 މެއި 2026 ގެ ކުރިން ފަތުރުވެރިކަމަށް ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ނެގުމަށް ދަންނަވަމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ 6680631 ނުވަތަ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9593939 އަށް ގުޅުއްވުން އެދެމެވެ.     

26 މާރިޗު 2026
ހޯދާ