އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބްލަޑް ކަލެކްޝަން އަދި ކޮމްޕޮނެންޓް ބްލަޑް ބޭގް ސިސްޓަސް، SAGM އެޑިޓިވް ސޮލިއުޝަންސް އަދި ލިއުކޯސިޓް ރިޑަކްޝަން ފިލްޓަރސް އާއިއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބްލަޑް ކަލެކްޝަން އަދި ކޮމްޕޮނެންޓް ބްލަޑް ބޭގް ސިސްޓަސް، SAGM އެޑިޓިވް ސޮލިއުޝަންސް އަދި ލިއުކޯސިޓް ރިޑަކްޝަން ފިލްޓަރސް އާއިއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)AEH/AEH/2026/03  އިޢުލާންގެ މައުލޫމާތުޝީޓްގެ އެނެކްސް ޝާއިޢު ކުރެވިފައި ނުވާތީ، މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 26‏ މާރޗް‏ 2026‏ ، ބުރާސްފަތި އިން ފެށިގެން ‏ 01‏ އޭޕްރިލް‏ 2026‏ ، ބުދަ ވާ ދުވަހުގެ 13:00އަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 01‏ އޭޕްރިލް‏ 2026‏ ، ބުދަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 08‏ އޭޕްރިލް‏ 2026‏ ، ބުދަ ވަނަ ދުވަހުގެ 10:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

https://forms.office.com/r/T1tDUZd6JS

26 މާރިޗު 2026
ހޯދާ