ދިވެހިރާއްޖެ
މިކައުންސިލުން ދެމުންދާ ޢިދާރީ ޚިދުމަތްތަކުގެ އަގުތަކަށް 01 އޭޕްރީލް 2026 ހުން ފެށިގެން ތިރީގައި ދެންނެވިފައިވާގޮތަށް ބަދަލު ގެނައުމަށް 05 މާރިޗް 2026 ވީ ބުރާސްފަތިދުވަހު ބޭއްވެވި މިކައުންސިލްގެ ހަތަރުވަނަ ދައުރުގެ 2026 ވަނަ އަހަރުގެ ރަސްމީ 12ވަނަ ޖަލްސާއިން ވަނީ ފާސްކުރައްވާފައެވެ.
ކައުންސިލުން ދެމުންދާ ޢިދާރީ ޚިދުމަތްތަކުގެ އަގުތަކަށް ގެނެވުނު ބަދަލު
1- އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމުގެ ފީއަކަށް -/20 ( ވިހި ރުފިޔާ )
2- އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ ފީއަކަށް -/20 ( ވިހި ރުފިޔާ )
3- ރަށްވެހިންގެ ރަޖިސްޓްރީ ހެދުމުގެ ފީއަކަށް -/20 ( ވިހި ރުފިޔާ )
4- އެއްރަށެއްގެ ރަށްވެއްސެއް އަނެއްރަށެއްގެ ރަށްވެއްސަކަށް ވުމުން ހައްދާ ސެޓްފިކެޓް ފީއަކަށް -/30 (ތިރީސް ރުފިޔާ)
މަތީގައި ދެންނެވިފައިވާ ކޮންމެ ލިޔުމެއް ގެއްލިގެން އަލުން ހައްދާ ނަމަ ޖޫރިމަނާ ފީއަކަށް ފުރަތަމަ ފަހަރު -/100 ( ސަތޭކަ ރުފިޔާ ) އަދި ދެވަނަ ފަހަރަށްވުރެ އިތުރުވާނަ، އިތުރުވާ ކޮންމެ ފަހަރަކަށް -/100 ( ސަތޭކަ ރުފިޔާ ) އިތުރަށް ޖޫރިމަނާ ފީގެ ގޮތުގައި ނެގުން.
5- ގޯތި ރަޖިސްޓްރީ ހެދުމުގެ ފީއަކަށް -/100 ( ސަތޭކަ ރުފިޔާ )
6- އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމުގެ ފީއަކަށް -/150 ( ސަތޭކަ ފަންސާސް )
މަތީގައި ދެންނެވިފައިވާ ކޮންމެ ލިޔުމެއް ގެއްލިގެން އަލުން ހައްދާ ނަމަ ޖޫރިމަނާ ފީއަކަށް ފުރަތަމަ ފަހަރު -/200 ( ދުއިސައްތަ ރުފިޔާ ) އަދި ދެވަނަ ފަހަރަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް -/500 (ފަސްސަތޭކަ ރުފިޔާ ) އިތުރަށް ޖޫރިމަނާ ފީގެ ގޮތުގައި ނެގުން.
7- ގޯތީ ބައިކުރުމާއި ގޯތީގެ މިންއެޅުމުގެ ފީއަކަށް -/300 ( ތިންސަތޭކަ ރުފިޔާ ) އަދި ގޯތީގައި އިމާރާތެއް ކުރާނަމަ އިމާރާތްކުރުމުގެ ކުރިން ނުވަތަ ފައުންޑޭޝަންއެޅުމުގެ ކުރިން ގޯތީގެ މިންތައް ޗެކްކުރުމަށް -/200 (ސަތޭކަ ރުފިޔާ)
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.
