މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ރަށު ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީނުވެ މި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު ހޯދުން
މި ރަށުގައި ރަށްވެހިނުވެ ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި، މި ރަށު ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީނުވެ މި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ.
އެހެންކަމުން މި ރަށު ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީނުވެ މި ރަށުގައި މިވަގުތު ދިރިއުޅެމުންދާ އެންމެހައި ފަރާތްތަކުން އެ ފަރާތެއްގެ މަޢުލޫމާތު 09 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހިއްސާކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ހިއްސާކުރައްވާނީ ތިރީގައިވާ ގޫގުލް ފޯމު ފުރިހަމަކުރައްވާ ސަބްމިޓް ކުރައްވައިގެންނެވެ.
މި ރަށުގައި ރަށްވެހިނުވެ ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރާ ގޫގުލް ފޯމު ލިންކް: https://forms.office.com/r/8F9VjybkRm
ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.
25 މާރިޗު 2026
ހޯދާ
